ކ. މާލެ
|
22 އޯގަސްޓް 2024 | ބުރާސްފަތި 11:29
އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މާޓިނޭޒް
އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މާޓިނޭޒް
ރޮއިޓާސް
އެސްޓަން ވިލާ
އެސްޓަން ވިލާގެ އެއްބަސްވުން މާޓިނޭޒް އައު ކޮށްފި
އެސްޓަން ވިލާ އިން މާޓިނޭޒް އަށް ހުށަހެޅި އައު އެއްބަސްވުން ޤަބޫލުކޮށް، އޭނާ އެ ކުލަބުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ގޯލު ކީޕަރު އެމިލިއާނޯ މާޓިނޭޒް، އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ އެސްޓަން ވިލާ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އެންމެ ފުރަތަމަ އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2024 ވަނަ އަހަރެވެ. އެހެން ނަމަވެސް، 2022 ވަނަ އަހަރު މާޓިނޭޒް ވަނީ އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިިޔަލަށް ހަމަވާން އޮތްއިރު، އަނެއްކާ ވެސް މާޓިނޭޒް ވަނީ އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފަ އެވެ.

އެސްޓަން ވިލާ އިން މާޓިނޭޒް އަށް ހުށަހެޅި އައު އެއްބަސްވުން ޤަބޫލުކޮށް، އޭނާ އެ ކުލަބުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެސްޓަން ވިލާގައި މިހާތަނަށް ހޭދަކޮށްފައިވާ ފަސް ސީޒަންގެ ތެރޭގައި މާޓިނޭޒް ވަނީ، 160 މެޗުގައި އެ ކުލަބުގެ ގޯލު ބަލަހައްޓައިފަ އެވެ.

މާޓިނޭޒް އަންނަނީ 2021 ވަނަ އަހަރުން ފެށިގެން އާޖެންޓީނާ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އޭނާ ވަނީ ޤައުމީ ޓީމަށް 45 މެޗު ކުޅެދީފަ އެވެ. އާޖެންޓީނާ އާއެކު މާޓިނޭޒް ވަނީ ހަތަރު ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް