Advertisement
ކ. މާލެ
|
22 އޯގަސްޓް 2024 | ބުރާސްފަތި 00:04
ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން
ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީ
ލާމަރުކަޒީ ނިޒާމު ފުޑާލުމަށް ކުރާ މަސައްކަތް
އާބަން ޑިވެލޮޕްމަންޓް ބިލުން ލާމަރުކަޒީ ނިޒާމު ފުޑާލާނެ، މިއީ ޑިމޮކްރަސީއަށް ދޭ ނުރައްކާތެރި ހަމަލާއެއް: ފައްޔާޒު
މިއީ އަތްއުރާލައިގެން ތިބެވޭވަރުގެ ކަމެއް ނޫން
އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ޑިމޮކްރަސީ ކުރިއެރުވުމަށް
ޑިމޮކްރަސީ ހިފަހައްޓާ ކުރިއެރުވުމަށް ލާމަރުކަޒީ ނިޒާމާ ކައުންސިލަރުން ރޯލު ވަރަށް މުހިންމު

އާބަން ޑިވެލޮޕްމަންޓް ނަމުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުން ލާމަރުކަޒީ ނިޒާމު ފުޑާލާނެ ކަމަށާއި، މިއީ ޑިމޮކްރަސީއަށް ދޭ ނުރައްކާތެރި ހަމަލާއެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ފައްޔާޒު ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަމުންދަނީ މުޅި ލާމަރުކަޒީ ނިޒާމު ފުޑުފުޑު ކޮށްލުމަށް ކަމަށާއި، އެމަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ.

Advertisement

އާބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅޭ ބައެއް ސަރަހައްދުތަކުގެ ކަންކަން ސަރުކާރަށް ނިންމޭ ގޮތަށް އޮތުމުން ބައެއް ކައުންސިލަރުން ވެސް ކަންބޮޑުވުންފާޅުކޮށްފައިވާތީ އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ މިއީ ކަންބޮޑުވުމެއް ކަމަށާއި، އަތްއުރާލައިގެން ތިބެވޭވަރުގެ ކަމެއް ނޫން ކަމަށެވެ، އަދި އެފަދަ ބަދަލެއް ގެނައުން ނުދިނުމަށް ކުރަންޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ޑިމޮކްރަސީ ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން ފާއިތުވި 5 އަހަރު ލާމަރުކަޒީ ނިޒާމަށް ދިން ބާރުތައް ފައްޔާޒު ފާހަގަކުރެއްވިއެވެ.

ޕީޖީ ލީޑަރު ފާހަގަކުރެއްވި ފަދައިން މުޅި ނިޒާމު ފުޑުފުޑު ކޮށްލުމުގެ ވިސްނުމެއް މިސަރުކާރުން ގެންގުޅޭތަން އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ. ރަނގަޅު ކުރުމުގެ ނަމުގައި އާއްމުކޮށް މިބޭފުޅުން ކޮންމެ ކަމެއް ވެސް ކުރައްވާ ގޮތުގައި ކުރަން ބޭނުންވާ ކަންތައް ނޫން ވާހަކައާ ރައްޔިތުންނަށް ދޮގާ މަކަރުން ދައްކައިގެން މުޅިން އެހެން ނަތީޖާއެއް ހާސިލް ކުރަން އުޅޭތަން އަޅުގަނޑުމެންނަށް ސަރުކާރުން ކޮންމެ ކަމަކުން މިއަދު މިފެންނަނީ. ވަރަށް ހިތާމަ ހުރި ކަމެއް. އެހެންނަމަވެސް ވަރަށް ކަންބޮޑުވުން ހުރި ކަމެއް. އަދި އަޅުގަނޑުމެންނަށް އަތް އުރާލައިގެން ތިބޭނެ ކަންކަމެއް ވެސް ނޫން. މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލަކީ ހަގީގަތުގައި މުޅި ލާމަރުކަޒީ ނިޒާމު ފުޑާލާނެ ބިލެއް. އާބަން ޑިވަލޮޕްމަންޓްގެ ނަމުގައި ހުށަހަޅާގެން އުޅޭ އޭގައި ހިމަނާފައިވާ އެއް މާއްދާގެ ސަބަބުން އަޅުގަނޑުމެން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކައުންސިލަރުންނަށް ދެވުނު ހަގީގީ ބާރުވެރިކަމާ މިނިވަންކަން. އެއީ މާލީ ބާރުވެރިކަމާ އިގްތިސާދީ ކަންކަން ބައްޓަން ކުރަން ލިބުނު ބާރުވެރިކަން އެއްކޮށް ނިގުޅައިގަތުމުގެ ބާރު ސަރުކާރަށް ނަގާފައިވާ ބިލެއް. އެހެންވީމަ މި ބިލާ ބެހޭ ގޮތުން އަޅުގަނޑުމެން ރައްޔިތުންނާ ހިސާބަށް އެބަ ދާންޖެހޭ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް

ފައްޔާޒު ވިދާޅުވީ ޑިމޮކްރަސީ ހިފަހައްޓާ ކުރިއެރުވުމަށް ލާމަރުކަޒީ ނިޒާމާ ކައުންސިލަރުން ރޯލު ވަރަށް މުހިންމު ކަމަށެވެ. ނަމަވެސް އާބަން ޑިވެލޮޕްމަންޓް ނަމުގައި ހުށަހަޅާފައިވާ ބިލަކީ ޑިމޮކްރަސީއަށް ދޭ ނުރައްކާތެރި ހަމަލާއެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް