ކ. ކަނޑުއޮށްގިރި އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މިފްކޯ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް އެފިޝިއަންސީ އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މިފްކޯއަކީ މަސްވެރިކަމުގެ ސިނާއަތްކަން ފާހަގަކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މިފްކޯ މެނޭޖްކުރުމަށް ވަރަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ މިފްކޯއިން ހިންގަމުންދިޔަ އެއް ފެސިލިޓީ ކަނޑުއޮށްގިރި އެމްއެންޑީއެފްއަށް ދީފައިވާ ކަމަށެވެ. ކަނޑުއޮށްގިރީގައި ހުރި ކާރުހާނާ ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް ކާރުހާނާ ބަދަލުކުރާނެ ވަކި ތާރީހެއް މިނިސްޓަރު ޝިޔާމް ނުދެއްވައެވެ.
މީގެ އިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ކަނޑުއޮށްގިރީގެ ފަޅުން މަސްވެރިންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ނުލިބުނު ކަމަށެވެ. އަދި ހުޅުމާލެއަށް ބަދަލު ކުރުމުން ހުޅުމާލެ ފަަޅުން ބޮޑު ޖާގައެއް ލިބޭނެ ކަމަށާއި، މަސްވެރިންނަށް ބޮޑު ލިޔެއް ލިބި، މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
ކަނޑުއޮށްގިރިއަކީ ބޮޑަށް ކަންނެލި މަސްވެރިކަމަށް ޚާއްސަ ކުރެވިގެން އެތަނުގައި އޮތް ޑިވަލޮޕްމަންޓުގައި މަސައްކަތްތައް ކުރިއަށް ރާވާފައި ވެސް ހުރީ. ވަރަށް ބޮޑަށް ކަންނެލި މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އޮތް ރަށެއް. އެހެންނަމަވެސް އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ކަނޑުއޮށްގިރި މިވަނީ އެމްއެންޑީއެފްގެ ބޭނުމަށް ކަނޑުއޮށްގިރި މިވަނީ ދޫކުރެވިފައި. ދޫކުރެވިފައި މިދެންނެވީ އެމްއެންޑީއެފްއަށް ކަނޑުއޮށްގިރި ބަދަލުކުރެވިފައި މިވަނީ. ދެން ހަމައެއާއެކު ކަންނެލި މަސްވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރެވި ދޭތެރެއިން. އެހެން ނަމަވެސް ދިގު މުއްދަތަކަށް އެމަސައްކަތްތައް ހުރެވުނު ކަމުގައި ވިޔަސް ހައްލެއް ކަނޑުއޮށްގިރިއަށް ހަގީގަތުގައި ނުލިބި އޮތް އޮތުން އިރާދަކުރެއްވިއްޔާ ނިމުމަކަށް މިގެނެވެނީ. ވަރަށް ބޮޑު ހޭދައެއް ކުރެވިއްޖެ. ނަމަވެސް މަސްވެރިންނަށް ނޫނީ ކަންނެލި މަސްވެރިންނަށް ކަނޑުއޮށްގިރި ފަޅަކީ ވެސް އެދެވޭ ހައްލެއް ލިބުނު ފަޅަކަށް ނުވި. އެހެންކަމުން މި ބަދަލާއެކު އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބަނދަރުން ކަންނެލި މަސްވެރިންނަށް މިދެންނެވި ހައްލު އަޅުގަނޑުމެންނަށް ލިބޭނެ ގޮތަށް ޖާގަ އެއް ލިބޭ ގޮތަށް މިހާރު ބަދަލާއެކު މިވަނީ ގެނެވިފައި އެނގޭތޯ. އެހެންކަމުން މިއީ ވެސް ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް ވަރަށް މުހިންމު ބަދަލެއް.ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
މާލެ ސަރަހައްދުން މަސްދޯނިތަކަށް އެޅުމަށް އެކަށީގެންވާ ބަނދަރެއް ނެތުމުން އެކަމަށް ހައްލެއް ހޯދިނުމަށް ކަނޑުއޮތްގިރި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫއަށް 77 މިލިއަން ރުފިޔާ ހޭދަވާއިރު، މި މަޝްރޫއުގެ ދަށުން 125 މީޓަރުގެ އެއްގަމު ތޮއްޓަކާއި 265 މީޓަރުގެ ބޭރު ތޮއްޓެއް ވަނީ ލާފައެވެ.
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓާ ޕްރޮޖެކްޓްގެ ތެރެއިން މިމަޝްރޫއު ކުރިއަށް ގެންދިޔައިރު، ބޮޑު ބައެއްގެ މަސައްކަތް ނިމިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.