ކ. މާލެ
|
21 އޯގަސްޓް 2024 | ބުދަ 12:32
ފިއޮރެންޓީނާ އަށް ކުޅެމުން އަންނަ ގޮންޒާލޭޒް
ފިއޮރެންޓީނާ އަށް ކުޅެމުން އަންނަ ގޮންޒާލޭޒް
ގޯލް.ކޮމް
ޔުވެންޓަސް
ގޮންޒާލޭޒް ހޯދުމާ ގާތަށް ޔުވެންޓަސް އިން ޖެހިލައިފި
އެއްބަސްވުމުގައި ބާކީ ހަތަރު އަހަތރު އޮއްވައި، ގޮންޒާލޭޒް ވެސް ބޭނުން ވަނީ ޔުވެންޓަސް އަށް ބަދަލުވާން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ފިއޮރެންޓީނާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ނިކޮލަސް ގޮންޒާލޭޒް ހޯދުމާ ގާތަށް ޔުވެންޓަސް އިން ޖެހިލައިފި އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ފިއޮރެންޓީނާ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އެންމެ ފަހުން ގޮންޒާލޭޒް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ ހަތަރު އަހަތރު އޮއްވައި، ގޮންޒާލޭޒް ވެސް ބޭނުން ވަނީ ޔުވެންޓަސް އަށް ބަދަލުވާން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ގޮންޒާލޭޒް ހޯދުމަށް ޔުވެންޓަސް އިން ކުރަމުން އަންނަ މަސައްކަތުގައި މިހާރު އޮތީ އެންމެ ފަހުގެ މަޝްވަރާތަކުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ލޯނު އެއްބަސްވުމެއްގެ ދަށުން ގޮންޒާލޭޒް ޔުވެންޓަސް އަށް ދޫކޮށްލަން ފިއޮރެންޓީނާ އިން އެއްބަސްވުން ގާތް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެން ނަމަވެސް، ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދާއިމީ އެއްބަސްވުމެއްގެ ދަށުން ގޮންޒާލޭޒް ހޯދުމުގެ ފުރުސަތު ވެސް ޔުވެންޓަސް އަށް އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިއޮރެންޓީނާ ގައި ހޭދަކޮށްފައިވާ ތިން ސީޒަންގެ ތެރޭގައި، ގޮންޒާލޭޒް ވަނީ އެ ކުލަބަށް ކުޅެދިން 125 މެޗުގައި 38 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އޭނާ އަންނަނީ 2019 ވަނަ އަހަރުން ފެށިގެން އާޖެންޓީނާ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ޤައުމީ ޓީމާ އެކު އޭނާ ވަނީ 2021 ވަނަ އަހަރު އަދި 2024 ވަނަ އަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް