Advertisement
ކ. މާލެ
|
19 އޯގަސްޓް 2024 | ހޯމަ 18:57
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު
ރާއްޖެއެމްވީ
ލާމަރުކަޒީ ނިޒާމް
އަތޮޅު ކައުންސިލްގައި އޮޑިޓަރުންނާއި، ރަނގަޅު ޤާނޫނީ ފަންނުވެރި ބޭފުޅުން ތިބެން ޖެހޭ - އާދަމް ޝަރީފް
ބައެއް ރަށްތަކުގައި ދިމާވި މައްސަަލަތައް ހައްލުކުރަން މިނިސްޓްރީ އިސްވެ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވި
މިނިސްޓަރ ވަނީ އެ ވުޒާރާ އޮތުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރައްވާ އެލްޖީއޭ އާއި އެ މިނިސްޓްރީގެ މެންޑޭޓާއި ފުށުއަރާކަމަށް ދެކެވޭ ވާހަތައް ދޮގުކުރައްވާފަ

އަތޮޅު ކައުންސިލްގައި އޮޑިޓަރުންނާއި، ރަނގަޅު ޤާނޫނީ ފަންނުވެރި ބޭފުޅުން ތިބެން ޖެހޭ ކަމަށް ޤަބޫލުކުރެވޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް ހޯމަ ދުވަހު ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރާ އިރު އަތޮޅުތަކަށް ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މާލެއިން ދޭ ޚިދުމަތްތައް ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަންކަން ތަރުތީބުވުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. ރަށްރަށުގެ ކައުންސިލްތަކުން ކުރަން ބޭނުންވާ މަސައްކަތްތައް ކުރުމަށް ބޭނުންވާ އެންމެ ޤާބިލް މީހުން ހޯދުމަށް މިހާރު ސިވިލް ސަރވިސް ޤާނޫނު އޮތްގޮތުން ހުރަސް އެޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިސާލަކަށް ބިމުގެ މައްސަތައް ފަދަ މައްސަލަތަކުގައި ޤާނޫނީ ލަފާ ހޯދަން ބޭނުންވާ އިރު ކޮންމެ ފަހަރަކު ކޮންމެ ފަހަރަކު ކައުންސިލުން އެކަން ވަކިވަކިން ކުރުމަކީ ކެޕޭސިޓީ ބިލްޑް ކުރެވޭ ކަމެއް ނޫން ކަމަށާއި އެއީ ޚަރަދުބޮޑު ކަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ. ލޭންޑްޔޫޒް ޕްލޭންގެ މަސައްކަތަކަށް ވެސް ތަޖުރިބާކާރުންގެ އެހީ ހޯދުމަކީ ވަކި ވަކި ކައުންސިލްތަކަށް ދަތިކަމެއް ކަަމަށް އާދަމް ވިދާޅުވިއެވެ. ހަމައެހެންމެ ކައުންސިލްތަކަށް އެންމެ ބޮޑަށް އިނގިލި ދިއްކުރަމުންދަނީ ދެެފުށްފެންނަ ގޮތަށް ޢަމަލު ނުކުރެވޭ ކަަމަށް ބުނެ ކަމަށް ވުމާއި އެކު އަތޮޅު ކައުންސިލުގައި ރަނގަޅު ފެންވަރުގެ އޮޑިޓަރުން ތިބުން މުހިންމު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

Advertisement

ބައެއް ރަށްތަކުގައި ދިމާވި މައްސަަލަތައް ހައްލުކުރަން މިނިސްޓްރީ އިސްވެ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުގެ ތެރެއިން ކުރާ ކަންކަމުގައި ސަރުކާރާއި ކައުންސިލްތަކާއި ގުޅުވާދިނުމަކީ މިނިސްޓްރީގެ ދައުރުކަމަށާއި އެލްޖީއޭއަކީ ރެގިއުލޭޓްރީ ދައުރެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ކެޕޭސިޓީ ބިލްޑްކުރުން ފަދަ ކަންކަމުގައި ރާވާ ކަންކަން ކުރާނީ އެލްޖީއޭ މެދުވެރިކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ބައެއް ރަށްތަކުގައި ދިމާވި މައްސަަލަތައް ހައްލުކުރަން މިނިސްޓްރީ އިސްވެ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ އެ ވުޒާރާ އޮތުމަކީ މުހިންމު ކަމެއް ފާހަގަކުރައްވާ އެލްޖީއޭ އާއި އެ މިނިސްޓްރީގެ މެންޑޭޓާއި ފުށުއަރާކަމަށް ދެކެވޭ ވާހަތައް ދޮގުކުރައްވާ ވާހަކަދައްކަވާފައެވެ.

މިނިސްޓަރގެ ވާހަކައިގައި ބިނާވެށީގެ މަޝްވަރާތައް ވެސް މަޖިލީހުގައި ކުރިއަށްދާކަން ފާހަގަކުރައްވާ ކައުންސިލްތަކަށް ބާރުތައް ދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ. ފަންނީ ފުރުސަތުތައް އިތުރަށް ފަހިކޮށްދީ އަތޮޅު ކައުންސިލްތައް އިތުރަށް ބާރުވެރިކަން ދޭން ޖެހޭ ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމަށް ކުދި ކުދި ބަދަލުތައް ގެނައުމުގެ ސަބަބުން ދެން ކުރާނެ އަސަރަކާއި މެދު ވިސްނާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ ދިރާސާގެ އަލީގައި ލާމަރުކަޒީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަަމަށް އުންމީދުކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ލާމަރުކަޒީ ނިޒާމް އިސްލާހުކުރުމުގެ މަސައްކަތްތަކުގައި އާއްމުންގެ ޝާމިލްވުން އިތުރުކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް