Advertisement
ކ. މާލެ
|
19 އޯގަސްޓް 2024 | ހޯމަ 11:10
ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއަރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ
ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއަރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ
ރާއްޖެއެމްވީ
ކައްކާ މަރާލި މައްސަލަ
އެއްލައިދޫ ރިސޯޓްގައި ކައްކާ މަރާލި މައްސަލަ: ތަހުލީލު ރިޕޯޓުތަކަކާ ގުޅިގެން ހެކިބަސް ނަގައިފި
ނިޔާވި މީހާގެ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި، ކުޑަކަމުދާ ތަކެތި އަދި ލޭގެ ތަހުލީލު ރިޕޯޓު ހިމެނޭ
މި މައްސަލައިގައި ޓެސްޓުކުރި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވެފައި ނުވޭ
ޚަބަރުގެ އޯޑިއޯ

އދ. އެއްލައިދޫ ރިސޯޓްގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

މި ޙާދިސާގައި މަރުވެފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑިއެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއަރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނަނީ، ހާދިސާ ހިނގ ރޭ 21:30 ހާއިރު، ޕަތުމް ދިލްޝަންގެ ކައިރީގައި ބިސްގަނޑެއް އަޅައިދޭން އެދުުމުން ދެ މީހުންގެ ދެމެދުގައި ޒުވާބެއް އުފެދުނު ކަމަށެވެ.

އެ ޒުވާބުގެ ތެރެއިން، ހައެއްކަ އިންޗީގެ ވަޅިއެއް ބޭނުންކޮށްގެން ކައްކާގެ ކަރުން ތިރިއަށް މޭމައްޗަށް ހަރައިލި ކަމަށް ދައުވާގައި ބުނެ އެވެ.

ހޯމަ ދުވަހުގެ މި އަޑުއެހުމަކީ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް އެނަލިސްޓެއްގެ ހެކިބަސް ނަގާފައިވާއިރު، އޭނާގެ ހެކިބަސް ނެގީ މި މައްސަލައާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ 3 ރިޕޯޓަކާ ގުޅިގެންނެވެ.

އެއީ ނިޔާވި މީހާގެ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި، ކުޑަކަމުދާ ތަކެތި އަދި ލޭގެ ތަހުލީލު ރިޕޯޓެވެ.

ދައުލަތުގެ ހެކިވެރިޔާ ވިދާޅުވީ، ނިޔާވި މީހާގެ ލޭގެ ސާމްޕަލްތަކާއި ކުޑަކަމުދާ ތަކެއްޗަށް ބަލާއިރު، މި މައްސަލައިގައި ޓެސްޓުކުރި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.

Advertisement

ހެކިވެރިޔާ ވިދާޅުވީ، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ޓެސްޓު ކޮށްފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ބަނގުއާތްވަށް ކަމަށާއި، ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުގެ ހެކިންގެ ގޮތުގައި ލަންކާގެ ގިނަ ރައްޔިތުން ތިބިއިރު، އޭގެ ތެރެއިން 6 މީހަކު މިހާރު ވަނީ ރާއްޖެއިން ފުރާފައެވެ. ދައުލަތުން ވަނީ އެ މީހުންގެ ހެކިބަސް އެމްބަސީ މެދުވެރިކޮށް ނަގަން ބޭނުންވާކަމަށް ބުނެފައެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެމީހުން ލަންކާގައި ދިރިއުޅޭ އެޑްރެސް ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގައި ދަތިތައްވެސް އެބަހުރި ކަމަށެވެ.

ބާކީ ހުރި ހެކިތައް ނަގާ ނިމުމުގެ ކުރިން އެ މައުލޫމާތުތައް ކޯޓަށް ހިއްސާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް ދައުލަތުގެ ހެކިން ހާޒިރު ނުކުރެވިގެން އަޑުއެހުންތައް ލަސްވުމަކީ ކަންބޮޑުވުން އޮތް ކަމެއްކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. ވަކީލު ވަނީ ހެކިން ހާޒިރު ކުރުމަށް ދައުލަތަށް ވަކި މުއްދަތެއް ދިނުމަށްވެސް އެދިފައެވެ.

މައްސަލަ ބައްލަވާ ގާޒީވެސް ވަނީ ހެކިން ހާޒިރު ކުރުމަށް ދައުލަތުން އިތުރަށް މަސައްކަތް ކުރެއްވުމަށް ދަންނަވާފައެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އެކަމަށް ފަހު ތާރީޚެއްވެސް ދެއްވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް