ކ. މާލެ
|
19 އޯގަސްޓް 2024 | ހޯމަ 11:07
ޗެލްސީން ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު ކާލޯ އެންޒޯ މަރެސްކާ
ޗެލްސީން ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު ކާލޯ އެންޒޯ މަރެސްކާ
ގޯލް.ކޮމް
ޗެލްސީ
ޗެލްސީގެ ކުޅުމާ މެދު މަރެސްކާ ހުރީ ހިތްހަމަ ޖެހިފައި
އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަރެސްކާ ދެކެނީ ވެސް ފުރުސަތުތަކެއް ތަނަވަސް ކުރުމެވެ.

އައު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

ލީގުގައި ޗެލްސީގެ ފުރަތަމަ މެޗުގައި އެ ޓީމު ނިކުތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އެ ޓީމު ބަލިވެފައި ވަނީ 2-0 އިންނެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަރެސްކާ ބުނީ، ފާއިތުވި މެޗުތަކަށް ބަލާއިރު އެ މެޗުގައި ޗެލްސީން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. މެޗުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، ނަމަވެސް ލިބުނު ފުރުސަތުތައް ނިންމާ ނުލެވުނީ ކަމަށް ވެސް މަރެސްކާ ބުންޏެވެ.

މީގެ އިތުރުން މަރެސްކާ ބުނީ އެންމެ ބޮޑު ތަފާތެއް ދެއްކީ އޭރިޔާ ތެރެއިން ލިބެމުން އަންނަ ފުރުސަތުތަކުގައި ކަމަށެވެ. އެހެން ނަމަވެސް، ފުރުސަތުތައް ނިންމާ ނުލެވޭކަން ފާހަގަކޮށް އޭނާ ބުނީ ޓީމުގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަރެސްކާ ދެކެނީ ވެސް ފުރުސަތުތަކެއް ތަނަވަސް ކުރުމެވެ. މެޗުގައި ޗެލްސީ އަށް ލަނޑު ނުޖެހުނު ނަމަވެސް، ފުރުސަތުތަކެއް ތަނަވަސް ކުރި ކަމަށް އޭނާ ބުންޏެވެ.

މަރެސްކާ ބުނީ ޗެލްސީގައި އޭނާ ކުރަމުން އަންނަ މަސައްކަތަކީ ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް މެޗަށް ނިކުންނާނީ ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކޮށްގެން ކަމަށެވެ. ޗެލްސީ އަށް ނަތީޖާ ނެރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށާއި، އެކަމަށް ކުޅުންތެރިން މަސައްކަތް ވެސް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ލީގުގައި ޗެލްސީގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް