ކ. މާލެ
|
19 އޯގަސްޓް 2024 | ހޯމަ 10:47
އިޓާލިއަން ލީގުގައި ނަޕޯލީން ކުޅުނު މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި ނަޕޯލީން ކުޅުނު މެޗުގެ ތެރެއިން
ގޯލް.ކޮމް
އިޓާލިއަން ލީގު
ފުރަތަމަ މެޗުގައި ރޯމާ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
ކަލިއާރީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

އައު ސީޒަންގެ އިޓާލިއަން ލީގުގައި ރޯމާ އިން ކުޅުނު ފުރަތަމަ މެޗުގައި ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ރޯމާ ނިކުތީ ކަލިއާރީއާ ދެކޮޅަށެވެ. ކަލިއާރީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

މެޗުގައި ރޯމާ އިން ރަނގަޅަށް ކުޅެފައިވާއިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. މެޗުގައި ރޯމާ އަށް ލަނޑު ޖަހަން އެ ޓީމުގެ އާޓެމް ޑޮވްބީކް އަށް ވަނީ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ. އަނެއްކޮޅުން ރޯމާގެ ލޮރެންޒޯ ޕެލެގްރިނީ އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. މެޗުގައި ކަލިއާރީ އަށް ލަނޑު ޖަހަން ވެސް ފުރުސަތު ލިބުނެވެ. އެ ޓީމުގެ ރޮބާޓޯ ޕިކޯލީ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ހިފޭ ގޮތެއް ނުވި އެވެ.

ފުރަތަމަ މެޗުގައި ކަލިއާރީއާ އެއްވަރުވެފައިވާއިރު، ލީގުގައި ރޯމާގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ އަމިއްލަ ދަނޑުގައި އެމްޕޮލީއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް