Advertisement
ކ. މާލެ
|
18 އޯގަސްޓް 2024 | އާދީއްތަ 17:29
ކޮލަމާފުށިން ގޮނޑުދޮށުން ހޮވި މާވަހަރު ކަމަށް ބެލެވޭ އެއްޗެއް
ކޮލަމާފުށިން ގޮނޑުދޮށުން ހޮވި މާވަހަރު ކަމަށް ބެލެވޭ އެއްޗެއް
ކޮލަމާފުށި ކައުންސިލް
މާވަހަރު ކަމަށް ބެލޭ އެއްޗެހިތަކެއް ހޮވުން
ކޮލަމާފުށިން މާވަހަރު ކަމަށް ބެލޭ އެއްޗެހިތަކެއް ހޮވައިފި
މާވަހަރު ކަމަށް ބެލެވޭ ބޮޑު ދެ އެއްޗެއް އަދި ކުދި އެއްޗެހިތަކެއް ހޮވާފައިވޭ
މިތަކެތީގެ ބަރުދަނުގައި ގާތްގަނޑަކަށް 2 ކިލޯ ހުންނާނެ
މި ތަކެތި ހޮވާފައިވަނީ އެރަށުގެ ތިން މީހުން

ގއ. ކޮލަމާފުށިން ގާތްގަނޑަކަށް 2 ކިލޯ ހުރި މާވަހު ކަމަށް ބެލޭ އެއްޗެހިތަކެއް ހޮވައިފިއެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވީ މާވަހަރު ކަމަށް ބެލޭ އެއްޗެހިތަކެއް ގޮނޑުދޮށުން ހޮވާފައިވާ ކަމަށާއި، އެއީ އަސްލު މާވަރުތަކެއްތޯ ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

ވަހީދު ވިދާޅުވީ މިތަކެތި ހޮވާފައިވަނީ އެރަށުގެ ފުއްޓަރު ފަރާތުން ކަމަށާއި، އޭގެ ތެރޭގައި މާވަހަރު ކަމަށް ބެލެވޭ ބޮޑު ދެ އެއްޗެއް އަދި ކުދި އެއްޗެހިތަކެއް ހޮވާފައިވާ ކަމަށެވެ. ގާތްގަނޑަކަށް ދެ ކިލޯ ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާވަހަރު ކަމަށް ޝައްކުކުރެވޭ އެއްޗެއް

މި ތަކެތި ހޮވާފައިވަނީ އެރަށުގެ ތިން މީހުންނެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ ގޮޑުދޮށްތަކުން މާވަރުތައް މީހުން ހޮވައެވެ.

މާވަހަރަކީ ބޮޑުމަހުގެ ފަރާތުން ލިބޭ އެއްޗެކެވެ. އެއީ ސްޕާމް ވޭލް ނަމަކަށް ކިޔާ ބާވަތުން ލިބޭ އެއްޗެކެވެ. ދުނިޔޭގެ ބާޒާރުގައި އަގުބޮޑުކޮށް ވިކޭ މާވަހަރަކީ އާއްމު ގޮތެއްގައި ސެންޓު އުފެއްދުމަށް ބޭނުންކުރާ އެއްޗެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސަމާހު
- ކޮމެންޓް