ކ. މާލެ
|
17 އޯގަސްޓް 2024 | ހޮނިހިރު 10:55
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ އަދި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ އަދި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ގޯލް.ކޮމް
ޗެލްސީ
ގާޑިއޯލާ ބުނީ މަރެސްކާ އަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށް
މަރެސްކާ އަށް އެކަން ކުރަން އެންމެ އެކަށީގެން ވަނީ ޗެެލްސީގައި ކަމެއް ނުވަތަ ނޫން ކަމެއް ބުނަން އުނދަގޫކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، ކަންކަން ކުރިއަށް ދިޔުމަށާއި، ކާމިޔާބުވުމަށް ވަގުތު ނަގާނެ ކަމަށެވެ.

ޗެލްސީގެ އައު ކޯޗު އެންޒޯ މަރެސްކާ އަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށް، މެންޗެސްޓަރ ސިޓީ އަށް އިރުޝާދު ދެމުން އަންނަ ތަޖުރިބާކާރު ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ އައު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ބައްދަލު ކުރާ މެޗުގެ ކުރިންނެވެ. އައު ސީޒަންގެ ޕްރިމިއާ ލީގުގައި ސިޓީގެ ފުރަތަމަ މެޗުގައި އެ ޓީމު ޗެލްސީއާ ދެކޮޅަށް ނިކުންނާނީ، ޗެލްސީގެ ދަނޑުގަ އެވެ.

މިއީ މަރެސްކާގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި ޗެެލްސީން ކުޅޭނެ އެންމެ ފުރަތަމަ މެޗެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މަރެސްކާ އަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށެވެ. އަދި ޗެލްސީގެ އޯނަރުންނާއި ވެރިން، އޭނާގެ ބުނި ބަސް ޤަބޫލު ކޮށްފި ނަމަ، މަރެސްކާގެ މަސައްކަތް ކާމިޔާބު ވާނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ކޮންމެ ކޯޗަކަށް ވެސް ބޭނުން ވާނީ އެކަށީގެންވާ ވަގުތު ކަމަށެވެ. މަރެސްކާ އަށް އެކަން ކުރަން އެންމެ އެކަށީގެން ވަނީ ޗެެލްސީގައި ކަމެއް ނުވަތަ ނޫން ކަމެއް ބުނަން އުނދަގޫކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، ކަންކަން ކުރިއަށް ދިޔުމަށާއި، ކާމިޔާބުވުމަށް ވަގުތު ނަގާނެ ކަމަށެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމަށް މަރެސްކާ ހަމަޖެއްސީ އެންމެ ފަހުން އެ މަގާމުގައި ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ، މިދިޔަ ސީޒަނަށްފަހު މަގާމުން ވަކިވާން ނިންމުމުންނެވެ. ޗެލްސީގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިވެފައި ވަނީ އެ ކުލަބުގެ ނަތީޖާތައް ދަށްވެ، އޭނާ އަށް ޕްރެޝަރު ބޮޑުވަމުން ދިޔަ ވަގުތެއްގަ އެވެ.

މަރެސްކާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2021 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އޭނާ އިރުޝާދު ދިނީ އިޓަލީގެ ޕާމާ އަށެވެ. އެ ކުލަބުގައި ދެ އަހަރު މަސައްކަތް ކުރުމަށްފަހު، ދެން އޭނާ ހަވާލުވީ ލެއިސްޓަރއާ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ލެއިސްޓަރ އަށް އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް