Advertisement
ކ. މާލެ
|
17 އޯގަސްޓް 2024 | ހޮނިހިރު 10:57
ނިމިދިޔަ ސަރުކާރުން ދޭން ނިންމި، ފްލެޓާއި ގޯތި ދިނުން ލަސްވާތީ ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ފައިލް ފޮޓޯ)
ނިމިދިޔަ ސަރުކާރުން ދޭން ނިންމި، ފްލެޓާއި ގޯތި ދިނުން ލަސްވާތީ ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ފައިލް ފޮޓޯ)
ރާއްޖެއެމްވީ
ފްލެޓް އާއި ގޯތި މުޒާހަރާ
މަޖިލީހުގައި ތިއްބެވި މާލޭގެ 13 މެންބަރުންނަކީ ވަކާލާތު ނުކުރެވޭ، ގޮނޑި ހޫނުކުރާ ބޭކާރު ބައެއް ކަމަށް ބުނެ އިސްތިއުފާ ދިނުމަށް ގޮވާލައިފި
މެމްބަރު ފަލާހު ވިދާޅުވަނީ ގޯތި ދިނުމަކީ އެމްއެމްޕީއާރުސީ އަށްވުރެ ބޮޑު ޚިޔާނާތެކޭ
ގޯތިތަކުގެ މައްސަލައިގައި އެ މެމްބަރުން ދެނީ ބީރު ކަންފަތެއް
ޚަބަރުގެ އޯޑިއޯ

ރައްޔިތުންގެ މަޖިލީހުގައި މޭލެ ސިޓީ ތަމްސީލުކުރާ 13 މެމްބަރުންނަކީ ގޮނޑި ހޫނު ކުރަން ތިބި މެމްބަރުންތަކެއް ކަމަށާއި އެއީ ބޭކާރު ބައެއް ކަމަށް ބުނެ، ގޯއްޗާއި ފްލެޓް ނުދީ ލަސްވާ މައްސަލާގައި އަޑު އުފުލަމުންދާ އާންމުން ހުކުރު ދުވަހުގެ ރޭ މުޒާހަރާ ކޮށްފި އެވެ.

ގޯއްޗާއި ފްލެޓް ނުދީ ލަސްވަމުންދާތީ އެކަމުގައި އަޑު އުފުލަމުންދާ ފަރާތްތަކުން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި މުޒާހަރާ އަކީ ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހެއްގެ ރޭ ކުރަމުން އަންނަ މުޒާހަރާއެކެވެ.

Advertisement

ފްލެޓާއި ގޯތީގެ މައްސަލާގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް، އެކި ފަހަރު މަތިން މުޒާހަރާ ކުރަމުންދާ އާންމުން ވަނީ ހައުސިންގ މިނިސްޓްރީއަށާއި، ކަމާ ގުޅުން ހުރި އެކި އިދާރާތަކަށް ގޮސް އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި އާއްމުން ބުނެފައިވަނީ، މަޖިލީހުގައި މާލެ ސަރަހައްދު ތަމްސީލުކުރަން ހޮއްވަވާފައި ތިބި 13 މެމްބަރުންނަކީ ގޮނޑި ހޫނު ކުރަން ތިބި ބައެއް ކަމަށެވެ. އަދި އެ މެމްބަރުންނަށް ގޮވާލަނީ ގެއަށް ދިއުމަށް ކަމަށެވެ.

އަޅުގަނޑުމެންނަށް ވަކާލާތު ނުކުރެވޭ 13 މެމްބަރުންނެއް ބޭނުމެއް ނޫން. ގެއަށް ދޭ. ބޭކާރު ބައެއް ތީ.
މުޒާހަރާގެ ބައިވެރި އެއް

މުޒާހަރާގެ އެހެން ބައިވެރިއަކު ބުނީ މާލޭގެ ރައްޔިތުންނަށް ހޯދައިދޭން ވައުދުވި ގޯތިތަކުގެ މައްސަލައިގައި އެ މެމްބަރުން ދެނީ ބީރު ކަންފަތެއް ކަމަށެވެ.

އެބޭފުޅުން ވޯޓު ހޯއްދަވަން ވެގެން ވައުދުވީ އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފައިވާ، ބޯހިޔާވަހިކަން ހޯދައިދީ އެ ވައުދު ފުއްދާދޭނެ ކަމަށް. ތިމަންނަމެންނަށް ވޯޓު ދޭށޭ. ނަމަވެސް މިއަދު މި ފެނިގެން ދަނީ މަޖިލިސްތެރޭގައި ވިދާޅުވާ އަޑު އެއީ ވަރަށް ބޮޑު ޖަރީމާއެކޭ. ފްލެޓް ކޮމިޓީގެ މުގައްރިރު މެމްބަރު ފަލާހު މި ވިދާޅުވަނީ މިއީ އެމްއެމްޕީއާރުސީ އަށްވުރެ ބޮޑު ޚިޔާނާތެކޭ ގޯތި ދިނުމަކީ.
މުޒާހަރާގެ ބައިވެރި އެއް

މުޒާހަރާގެ ބައިވެރިން ވަނީ މި 13 މެމްބަރުން ވަގުތުން އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފައެވެ. އަދި ވީ ވައުދާ އެއްގޮތަށް ގޯއްޗާއި ފްލެޓް ހަވާލުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ދިން ގޯއްޗާއި ފްލެޓް ހަވާލުކުރުން ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިން ވަނީ އެކި ކަހަލަ ލިޔުންތައް ލިޔެފައިވާ ޕޯސްޓަރުތަކުގައި ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން ގިރާވަރު ފަޅާއި ގުޅީ ފަޅު ހިއްކުމަށް ގޮވާލާފައިވާއިރު، ހައްޤުވެރިންނަށް ފްލެޓްތައް އަވަހަށް ހަވާލު ކުރުމަށް ވެސް ވަނީ ގޮވާލާފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ ވޯޓުގެ ނާޖާއިޒު ފައިދާ ނުނެގުމަށާއި، ރައީސް މުޢިއްޒު ކެމްޕެއިން ތެރޭގައި ދެއްކެވި ވާހަކަތަކަށް އިޚްތިރާމް ކުރެއްވުމަށް ވެސް ގޮވާލާފައިވެ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ގޯހުން ވިޔަސް ފެއިލްވެފައިވާ ސިޔާސަތެއްގެ ދަށުން ވިޔަސް ރައްޔިތަކަށް ދީފައިވާ ފްލެޓަކަށްވެސް ގޯއްޗަކަށް ވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ހުރަސް ނާޅުއްވާނެ ކަމަށެވެ.

ނަމަވެސް 2024 ޖުލައި 29 ގައި ބޭއްވި ޕެޓިޝަން ކޮމިޓީގައި މިނިސްޓަރު ހައިދަރު ދެއްކެވި ވާހަކަތައް ބައްޓަން ކޮށްފައިވަނީ މުޅިން އެހެން މިސްރާބަކަށެވެ. ހައިދަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ "އަހާ" ޕްރޮގްރާމްގައި ފްލެޓާ ބެހޭ ގޮތުން ވިދާޅުވި ގޮތަށް އެއްވެސް ކަހަލަ އޮޅުވާލުމެއް ނެތް ނަމަ، ފްލެޓުތައް ދެއްވާނެ ކަމަށެވެ.

ދައުލަތުން ލިޔުން ދީފައި އޮތް އެއްވެސް މީހެއްގެ އަތުން ފްލެޓް އަތު ނުލައްވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވިދާޅުވި ވިދާޅުމަށް މިނިސްޓަރ ހައިދަރު މާ ބޮޑު ސަމާލުކަން ނުދެއްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް