Advertisement
ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 13:31
ސުންނާފަތިކޮށްލާފައިވާ ފަލަސްތީނުގެ ބައެއް މަންޒަރުތައް
ސުންނާފަތިކޮށްލާފައިވާ ފަލަސްތީނުގެ ބައެއް މަންޒަރުތައް
ރޮއިޓާސް
ހުކުރު ހުތުބާ
ފަލަސްތީނުގެ މައްސަލައަކީ މުސްލިމުންގެ އަގީދާ އާއި ގުޅިފަވާ ކަމެއް، އެ ހަގީގަތް ބަދަލެއް ނުވާނެ - ޚުތުބާ
ހުތުބާގައި އިތުރަށް ބުނެފައި ވަނީ ރަސޫލާ ސައްލައްﷲ އަލައިހިވަސައްލަމަ ވަނީ މުސްލިމުން ބައިތުލްމަޤްދިސް ފަތަހަކުރާނެ ކަމުގެ އުފާވެރި ޚަބަރުދެއްވާފައި ކަމަށް
ފަލަސްތީނުގެ ބިމުގެ މައްސަލަ އަކީ އިސްލާމީ އުންމަތުގެ އެންމެ މުހިންމު ގަޒިއްޔާ އަށް ނުވާންވީ ސަބަބެއް ނެތް ކަމަށް ހުތުބާގައި ވަނީ ބުނެފަ
ގުދުސްއަކީ ޔަހޫދީންގެ ރަށެއް ނޫންކަން ހުތުބާގައި ޔަޤީންކޮށްދީފައިވޭ

ފަލަސްތީނުގެ މައްސަލައަކީ މުސްލިމުންގެ އަގީދާ އާއި މުޅި އިސްލާމީ އުންމަތުގެ ވިންދާއި ގުޅިފައިވާ މައްސަލަ އެއް ކަމަށާއި އެއީ ކިތަންމެ ވަރަކަށް ބަޔަކު އޮޅުވާލަން އުޅުނަސް އޮޅުވާލެވޭނެ ކަމެއް ނޫން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

'ފަލަސްތީނުގެ މުސްލިމުން' މި މައުޟޫއަށް ހުތުބާގައި ވަނީ ބަލާލާފައެވެ. އަދި ޙުތުބާގައި ފަލަސްތީނުގެ ބިމާއި މުސްލިމުންނާއި ގުޅިފައިވާ މިންވަރަށް އަލިއަޅުވާލައްވާފައިވެއެވެ. ފަލަސްތީނުގެ ބިމުގެ މައްސަލަ އަކީ އިސްލާމީ އުންމަތުގެ އެންމެ މުހިންމު ގަޒިއްޔާ އަށް ނުވާންވީ ސަބަބެއް ނެތް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަލްމަސްޖިދުލް އަޤްސާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމަށާއި އެއީ ބުރަ އުފުއްލައިގެން ދިއުން ޝަރުޢުކުރައްވާފައިވާ ތިން މިސްކިތްކޮޅުގެ ތެރެއިން އެއް މިސްކިތްކޮޅުކަމަށް ޙުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.

ފަލަސްތީނަށް ވެރިވެގަނެފައިވާ އަނިޔާވެރި ޒަޔަނިސްޓް ޔަހޫދީންގެ ނިރުބަވެރި ހަަމަލާތަކުގެ ސަބަބުން އެތައް ހާސްބަޔަކު ޝަހީދުވަމުންދާ ކަމަށާއި އެތައް މިލިއަން މުސްލިމުންގެ ގޯތި ގެދޮރު ގެއްލިފައިވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. މިއީ ފަހުގެ ތާރީހުގައި ދުނިޔެ ނުދެކޭ ފަދަ އަނިޔާވެރިކަމެއް ކަމަށް ވެސް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

މިހަފްތާގެ ނިޔަލަށް ސާޅީސް ހާހަށް ވުރެ ގިނަ މުސްލިމުން ޢައްޒާގައި ޝަހީދުކޮށްލާފައވާ އިރު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެންމެން ވަނީ އެ އަނިޔާވެރިކަން ކުރިމަތީގައި ހަނުތިބޭ ބަޔަކަށް ވެފަ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މާތްﷲ އަށް މި ބިންމަތީގައި އަޅުކަންކުރުމަށް އެންމެ ފުރަތަމަ ބިނާކުރެވުނީ މައްކާގައިވާ އަލްމަސްޖިދުލް ހަރަމް ކަމަށާއި އޭގެ ފަހުން ފަލަސްތީނުގެ ބައިތުލް މަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްސާ ކަަމަށް ހުތުބާގައިވެއެވެ. އެ ދެ މިސްކިތް ބިނާކުރުމުގެ ދެމެދުގައި ހޭދަވީ 40 އަހަރު ކަމަށް ވެސް ވަނީ ބުނެފައެވެ. އެކަން އިމާމް މުސްލިމް ރިވާކުރެއްވި ހަދީސަކުން އެނގެން އޮންނަ ކަމަށާއި އެ ބަސްފުޅުން ﷲގެ ރިސާލަތާއި އެ ދެ ރަށާއި ދެމެދުވާ ގުޅުން ވަރަށް ރަނގަޅަށް އެނގެން އޮތް ކަަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

Advertisement

އެ ބިމަކީ އިބްރާޙިމްގެފާނުގެ ދެ ދަރިކަލުން އިސްމާއީލުގެފާނާއި އިސްހާގުގެފާނު ރައްކާވެވަޑައިގަތީ ވެސް އެ ބިމުގައި ކަމަށް ހުތުބާގައިވެއެވެ. އަދި ޔައުގޫބްގެފާނާއި ޔޫސުފްގެފާނު ދިރިއުޅުއްވީ ވެސް މި ބިމުގައި ކަމަށާއި، ސުލައިމާނުގެފާނު ނަބީކަމުގެ މަންހަޖުގެ މަތީގައި ތައުހީދުގެ ރަސްކަމެއް ޤާއިމްކުރެއްވީ ފަލަސްތީނުގެ މާތް ބިމުގައިކަން ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ ފިނި މޫސުމުގައި ހޫނު މޫސުމުގެ މޭވާތައް ދެއްވީވެސް މިބިމުގައި ކަމަށާއި، އީސާގެފާނު ރައްކައުވެ ތުއްޕުޅުކަމުގެ ދާންމަތީގައި މީސްތަކުންނާއި މުޙާތަބުކުރައްވާ ވާހަކަފުޅުދެއްކެވީ މާތް ބިމުގަ ކަން ހުތުބާފައި ފާހަގަކޮށްފައެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ ރަސޫލާ ސައްލައްﷲ އަލައިހިވަސައްލަމަ ވަނީ މުސްލިމުން ބައިތުލްމަޤްދިސް ފަތަހަކުރާނެ ކަމުގެ އުފާވެރި ޚަބަރުދެއްވާފައި ކަމަށެވެ. މީލާދީން އެއްހާސް ނުވަދިހަ ނުވަ ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސަލީބީން ގުދުސް އަށް އަރާ އަމާންދީފައިވާ މުސްލިމުންގެ ތެރެއިން ހަތްދިހަ ހާސް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ކަތިލިކަމަށް ހުތުބާގައިވެއެވެ. އެ މީހުން ގުދުސްގެ މިސްކިތްތަކުގައި ބަންގި ގޮވުން މަނާކުރި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ނަމަވެސް މުސްލިމުންގެ ހިތްވަރުގަދަ ބަތަލު ސަލާހުއްދީނުލް އައްޔޫބީ ރަޙްމަތުﷲ އެގާރަ ސަތޭކަ އަށްޑިހަ ހަތްވަނަ އަހަރު ގުދުސް ފަތަހަކުރައްވާ އިސްލާމްދީނުގެ އުސޫލުތަކާއި އެއްގޮތަށް ޢަމަލުކުރެއްވިކަން ހުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.

ގުދުސްއަކީ ޔަހޫދީންގެ ރަށެއް ނޫންކަމަށާއި އެ ބިމުގެ ފުރަތަމަ ވަޒަންވެރިންނަކީ އަރަބިކަރައިގެ ކަންއާނީ ޤަބީލާގެ ޔަބޫސީ ދަރިކޮޅުގެ މީހުންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެއީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ތިން ހާސް ފަސް ސަތޭކަ އަހަރު ކުރިން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް