Advertisement
ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 12:56
ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ޓޯކުރަނީ
ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ޓޯކުރަނީ
ޕޮލިސް
އުޅަނދުތައް ޓޯކުރުން
މާލޭގެ 9 ސަރަހައްދެއްގައި ޕާކް ކުރާ އުޅަނދުތައް މެދު ނުކެނޑި ޓޯވކުރުމަށް ނިންމައިފި
ވެހިކަލްތައް ޓޯކުރާ ސަރަހައްދުތަކުގެ ތެރޭގައި ސްކޫލްތައް ކައިރި ސަރަހައްދުތަކާއި، މިސްކިތްތައް ކައިރި ސަރަހައްދުތައް ހިމެނޭ
އުޅަނދުތައް ޤަވައިދަށް ފެއްތުމަށް 40 ދުވަސް ދޭނެ ކަމަށް އިހުސާން ވިދާޅުވި

މާލޭ ސަރަހައްދުގެ ނުވަ ސަރަހައްދެއްގައި ޕާކް ކުރާ އުޅަނދުތައް، މެދު ނުކެނޑި ޓޯ ކުރުމަށް ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނު ވިދާޅުވެއްޖެއެވެ.

Advertisement

މީޑިއާތަކަށް މިނިސްޓަރ ވިދާޅުވީ ވެހިކަލްތައް ޓޯކުރާނެ 9 ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސްކޫލްތައް ކައިރި ސަރަހައްދުތަކާއި، މިސްކިތްތައް ކައިރި ސަރަހައްދުތަކާއި، އާއްމުން އާއްމުކޮށް ވަދެ ނުކުމެ އުޅޭ ސަރަހައްދުތައް ހިމެނޭ ކަަމަށް އިހުސާން ވިދާޅުވިއެވެ. މީގެ އިތުރުން އެހެން ޒޯންތަކަށް ރެޖިސްޓްރީކޮށްފައިވާ ޒޯންތަކާއި، ރަސްމީ ރަޖިސްޓްރޭޝަނެއް ނެތް އުޅަނދުތައް ޓޯކުރެވިފަ ހުރި ކަަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އެފަދަ އުޅަނދުތައް ޤަވައިދަށް ފެއްތުމަށް 40 ދުވަސް ދޭނެ ކަމަށާއި، އޭގެ ފަހުން މަގުތަކުގައި ނުގަވައިދަށް ހުންނަ ވެހިކަލްތައް އަނެއްކާ ވެސް ޓޯ ކުރަމުން ގެންދާނެ ކަމަށެވެ.

މި ވަގުތު ވެސް އެބަހުރި އެހެން ޒޯންތަަކަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ޓޯކޮށްފައި. އަދި ރަސްމީ ރަޖިސްޓްރޭޝަނެއް ނެތި ފޭކް ނަންބަރު ޖަހާފައި ހުރި އުޅަނދުތަކާ. މި އުޅަނދުތަކުގެ ވެރިފަރާތްތަކުން 40 ދުވަހުގެ ތެރޭގައި ކަނޑައަޅާ ސަރަަހައްދަށް ގެންގޮސްފައި، އެތަނުގައި ބާއްވައިގެން ހަ މަސް ދުވަހުގެ ތެރޭގައި އޭތި ރަޖިސްޓްރީކުރުމަށް މިހާރު ފުރުސަތު ހުޅުވާލާފައި ވަނީ. 40 ދުވަސް ފަހުން އަނެއްކާވެސް މަގުތައް މަތީގައި ހުންނަ އުޅަނދުތައް އޮންނަ އުސޫލުގެ ތެރެއިން އުޅަނދުތައް ޓޯކުރަމުންދާނަން. އަޅުގަނޑުމެން ވެސް ބޭނުންވަނީ އާއްމުން ގަނެފައިވާ އުޅަނދުތައް ގަވާއިދުގެ ތެރެއަށް ފެއްތުން. އަވަހަށް ރެޖިސްޓްރޭޝަން ހެދި މަގުތައް ޤަވާއިދާއި އެއްގޮތަށް ބޭނުންކުރެވޭނެ މަގު ފަހިކުރުން.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނު

މާލެ ސަރަހައްދުގައި ނުގަވައިދުން ހުރި އުޅަނދުތައް ޓޯ ކުރުމުގެ ބަދަލުގައި ހުޅުމާލެއިން ކަނޑައަޅާ ވަކި ބިމަކަށް އެ އުޅަނދުތައް ބަދަލު ކުރުމަށް ނިންމާ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެކަން އިޢުލާންކޮށްފައެވެ. އެކަމާއި ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ނުގަވައިދުން ހުރި އުޅަނދުތައް ޓޯ ނުކޮށް، އެ އުޅަނދުތައް ހުޅުމާލޭން ބިމަކަށް ގެންދިޔުމަށް 40 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އެ ބިމަށް ވެހިކަލް ގެންދަން ޖެހޭނީ ވެހިކަލްގެ ވެރިފަރާތުންކަމަށާއި، އެކަމުގެ ސަބަބުން ޓޯކޮށްގެން އަރާ ޖޫރިމަނާއާއި ގެއްލުމެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް