ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 11:28
އިތާ އިންޓަރ ރިސޯރޓް ވޮލީ މުބާރާތުގެ ތެރެއިން
އިތާ އިންޓަރ ރިސޯރޓް ވޮލީ މުބާރާތުގެ ތެރެއިން
އިތާ އިންޓަރ ރިސޯރޓް ވޮލީ
ފައިނަލްގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް އަށް
ފައިނަލްގައި ވާދަކުރާނީ ޖޯލި މޯލްޑިވްސްއާ ޖޯލިބީން އެވެ.

އިތާ އިންޓަރ ރިސޯރޓް ވޮލީބޯލަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް ހޯދައިފި އެވެ. ޖޯލި މޯލްޑިވްސް ފައިނަލްގެ ދެވަނަ ޖާގަ ހޯދީ ސެމީފައިނަލްގައި ކުޑަފުށި މޯލްޑިވްސް ބަލިކޮށްގެންނެވެ.

ކުޑަފުށީގެ މައްޗަށް ޖޯލި މޯލްޑިވްސް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ޖޯލި މޯލްޑިވްސް ސެޓްތައް ގެންދިޔައީ 25-18, 25-20, އަދި 25-14 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޯލި މޯލްޑިވްސްގެ ތަރިންދު ލަކުމަލް އެވެ. ކުޑަފުށި މޯލްޑިވްސް އަކީ ފުރަތަމަ މުބާރާތުގެ ފައިނަލްގައި ވާދަކުރި ޓީމެވެ. ފުރަތަމަ މުބާރާތުގެ ފައިނަލްގައި ކުޑަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޖޯލިބީން އެވެ. މިފަހަރުވެސް އެއް ކޮޅުން ފައިނަލްގައި ވާދަކުރާނީ ޖޯލިބީން އެވެ. ޖޯލިބީން ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައެވެ.

ޖޯލި މޯލްޑިވްސްވެސް ބައްޔެއް ނުވެއެވެ. އެކަމަކު ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖް ފަހު މެޗު ފާރުފުށި ރިސޯރޓް އެންޑް ސްޕާއިން ދޫކޮށްލުމުން, އެމެޗު ނުކުޅެއެވެ. ޖޯލި މޯލްޑިވްސްއާއި ޖޯލިބީން ވާދަކުރާ ފައިނަލް މެޗު ކުޅޭނީ މޫސުން ރަނގަޅު ވުމުންނެވެ.

މިއީ ރ.މީދޫ އެކުވެރި ކްލަބުން އެއަތޮޅުގެ ރިސޯރޓް ތަކުގެ މެދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތުގައި 8 ރިސޯރޓް ވާދަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް