ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 01:37
އިތާ އިންޓަރ ރިސޯރޓް ވޮލީ މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގެ ތެރެއިން
އިތާ އިންޓަރ ރިސޯރޓް ވޮލީ މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގެ ތެރެއިން
އިތާ އިންޓަރ ރިސޯރޓް ވޮލީ
ޖޯލިބީން ފައިނަލަށް
ފުރަތަމަ މުބާރާތުގެ ފައިނަލްގައިވެސް ޖޯލިބީން ކުޅުނެވެ.

ރ.މީދޫ އެކުވެރި ކްލަބުން އެއަތޮޅު ރިސޯރޓް ތަކުގެ މެދުގައި ކުރިއަށް ގެންދާ އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ޖޯލިބީން ބޮޑުފުށި ޖާގަ ހޯދައިފި އެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ ޖޯލިބީން ހޯދީ ސެމީފައިނަލް ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ހެރިޓެންސް އާރަށް ބަލިކޮށްގެންނެވެ. މެޗުގެ ސެޓްތައް ޖޯލިބީން ގެންދިޔައީ 25-11, 25-09, އަދި 25-15 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޯލިބީންގެ ޝެހާން އެވެ. ޖޯލިބީން ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޔޭޖްގެ ތިން މެޗުވެސް ކާމިޔާބުކޮށް, ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ހެރިޓެންސް އާރަށް ސެމީއަށް ދަތުރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ހެރިޓެންސް އާރަށަށް ދެން އޮންނާނީ ހުކުރު ދުވަހުގެރޭ ކުޅޭ ތިންވަނަ ހޮވާ މެޗެވެ.

އިތާ އިންޓަރ ރިސޯރޓް ފުރަތަމަ މުބާރާތުގެ ފައިނަލުގައި ވެސް ޖޯލިބީން ވާދަކުރިއެވެ. ސެމީފައިނަލް ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޖޯލި މޯލްޑިވްސް އާއި ގްރޫޕް ބީގެ ދެވަނަ ކުޑަ ފުށި މޯލްޑިވްސް އެވެ. މީގެތެރެއިން ކުޑަފުށްޓަކީ ފުރަތަމަ މުބާރާތުގެ ފައިނަލްގައިވެސް ވާދަކުރި ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް މިހާރު ތާވަލްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް