އަންގާރަ ދުވަހު ކުރި ވިއްސާރާގައި މާލެ ގެތަކަށް ލިބުނު ގެއްލުމުގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތީރިޓީ އެންޑީއެމްއޭ އިން ބުނެފިއެވެ.
އެ އޮތޯރިޓީން ބުނީ އަތޮޅު ތެރޭ ރަށްތަކަށް ލިބުނު ގެއްލުން ތަކުގެ އެސެސްމަންޓްވެސް ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. މާލެގައި ގެއްލުން ލިބުނު މިންވަރުގެ އެސެސްމެންޓް މިހާރު ހަދާފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ،
އަދި މާލޭގެ ހާލަތު ދެނެގަތުމަށް 11 ޓީމުން މަސައްކަތް ކުރަމުންދާ ކަަމަށާއި ބޮޑަށް ގެއްލުން ލިބުނު ގޭގެއަށް އެ ޓީމްތަކުން ޒިޔާރަތްކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލްތައް އަދި އެންޑީއެމްއޭ އިން ހާމައެއް ނުކުރައްވައެވެ. މި މަސައްކަތުގައި ރާއްޖޭގެ ރެޑްްކްރެސެންޓުން ދަނީ އެހީތެރިވަމުންނެވެ.
މުޅިރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ހުރިހައި ފަރާތްތަކުން މޫސުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން އެންމެ ފަހުގެ މޫސުމާއި ބެހޭ ތަފްސީލްތައް ބެލުމަށް ފަހު ނޫނީ ދަތުރު ނުކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.