ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 11:30
ލަމީން ޔަމާލް އާއި އޭނާގެ ބައްޕަ (ކ)
ލަމީން ޔަމާލް އާއި އޭނާގެ ބައްޕަ (ކ)
ގޫގުލް
ލަމީން ޔަމާލް
ލަމީން ޔަމާލްގެ ބައްޕަ ގަޔަށް ވަޅި ހަރައިފި
ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި މި ހާދިސާ ހިންގާފައިވަނީ ބާސެލޯނާގެ އުރުރުގައިވާ މަޓާރޯ ސަރަހައްދުގަ އެވެ.

ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ސްޕޭނާއި ބާސެލޯނާގެ ފޯވަޑް ލަމީން ޔަމާލްގެ ބައްޕަ މޮނީރު ނަސްރައުއީގެ ގަޔަށް ވަޅި ހަރައިފި އެވެ.

ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި މި ހާދިސާ ހިންގާފައިވަނީ ބާސެލޯނާގެ އުތުރުގައިވާ މަޓާރޯ ސަރަހައްދުގަ އެވެ. މޮނީރުގެ ގަޔަށް ވަޅި ހެރީ ކީއްވެ ކަމެއް ސްޕޭނުގެ ފުލުހުން އަދި ނުބުނެ އެވެ. ނަމަވެސް ހާދިސާ ދަނީ ތަހުގީގު ކުރަމުންނެވެ. ވަޅި ހެރުމާއެކު މޮނީރުވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ. އަދި ގަޑިއެއްހާ އިރަށްފަހު އޭނާ ވަނީ ގެޔަށް ދޫކޮށްލައިފަ އެވެ.

މޮނީރަކީ ސްޕޭނުގެ ރައްޔިތެއްނޫނެވެ. އޭނާ އަކީ މޮރޮކޯ މީހެކެވެ. އާމްދަނީ ހޯދުމަށް ކޮށްއުޅުނު ކަމަކީ ކުލަކުލެމެވެ. ޔަމާލްގެ މަންމަ އާއި ބައްޕަ ސްޕޭނަށް ހިޖުރަކުރީ ވަގަށެވެ. ބޯޑަރ ހުރަސް ކުރުމަށް އެތައް ދޮގުތަކެއް ހަދައިގެންނެވެ. ޔޫރޯ ތެރޭގައި މިވާހަކަ ޔޫރޯ ތެރޭގައި ކިޔާދިނީ ބައްޕަ މޮނީރެވެ.

މޮނީރަށް ހާއްސަ ސަމާލުކަމެއް ޔޫރޯގައި ލިބިގެންދިޔައީ އޭނާގެ ދަރިފުޅު ޔަމާލްގެ މަގުބޫލުކަން ބޮޑުވުމުންނެވެ. ސްޕޭނުގައި މޮޅަށް ކުޅެ ޔޫރޯ ކާމިޔާބުކުރުމުގެ އިތުރަށް ޔަމާލް ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިިޔާގެ މަގާމު ހޯދައިފަ އެވެ. އަދި އޭނާ ކުޅުނު ކޮންމެ މެޗެއް ބެލުމަށް މޮނީރު ވަނީ އާއިލާއެކު ޖާޒީގައި ދަނޑަށް ގޮސްފަ އެވެ. މިއަށްވުރެ ބޮޑަށް އޭނާގެ ވާހަކަ މަޝްހޫރުވީ ޔަމާލް ކުޑައިރު އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އޭނާ ފެންވަރުވާ ފޮޓޯއެއް މޮނީރު ނޫސްވެރިންނަށް ދިނުމުންނެވެ.

މޮނީރު މިހާރު ބާސެލޯނާގައި ދިރިއުޅެނީ އޭނާގެ އުމުރުން 17 އަހަރުގެ ޔަމާލް ގަނެދީފައިވާ ގެއެއްގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް