Advertisement
ކ. މާލެ
|
14 އޯގަސްޓް 2024 | ބުދަ 17:29
ބަންޑާރަ ނައިބު އަހްމަދު އުޝާމް
ބަންޑާރަ ނައިބު އަހްމަދު އުޝާމް
ދައުރު
ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނު
ގޭންގުތައް ހުއްޓުވަން ގާނޫނަށް ގެންނަ ބަދަލުތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި
ގޭންގުގެ މެމްބަރުންގެ ނަންތައް އާއްމު ކުރާނެ
ގޭންގުގެ ނަމުގައި ހޯދާ މުދަލާ ފައިސާ ދައުލަތައް ނަގާނެ
ގޭންގެއްގެ ގޮތުގައި ކަނޑައަޅާނެ މިންގަނޑުތައް އެކުލަވާލާނެ

މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ނިންމާ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފި ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

މި ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދެއް ކަމަށާއި، އެ ގޮތުން ހޯމް މިނިސްޓްރީން ވަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ރާއްޖެއިން މަސްތުވާތަކެއްޗާއި ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުގެ މަސައްކަތް ނިންމާފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

"ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނު"ގެ މަގުސަދު ކަމަށް ބުނެފައިވަނީ، ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި، ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި، އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުމާއި، ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައަޅާ އެ ކުށުގެ އަދަބު ކަނޑައެޅުން ކަމަށް ބުނެފައިވެއެވެ.

Advertisement

މީގެ އިތުރުން ގޭންގު ހަދައިގެން ކުށްކުރާ ގޭންގުތައް ދަނެގަނެ އެފަރާތްތައް ހިމެނޭ ލިސްޓެއް އެކުލަވާލުމާއި ގޭންގު ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ކުށުގެ ތަޙްޤީޤު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއި އެފަދަ ތަޙްޤީޤުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ފުލުހުންނަށް ޚާއްސަ ބާރުތަކެއް ދިނުންވެސް މި ޤާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ސަރުކާރުގެ ސިޔާސަތަކީ ގޭންގް ކުށްތަކާއި އަދި މަސްތުވާތަކެއްޗަށް "ޒީރޯ ޓޮލަރެންސް" ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް