Advertisement
ކ. މާލެ
|
14 އޯގަސްޓް 2024 | ބުދަ 13:59
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕީޖީ އޮފީސް
ޕީޖީ ވަކި ކުރުމުގެ މައްސަލަ
ޝަމީމް މަޤާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީ ވުމަށް ނޯޓިސް ދެނީ
ޝަމީމް ވަކި ކުރެއްވުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
މަޖިލީހުގައި މި މައްސަލަ ބަަލަމުންދަނީ ޖުޑީޝަރީ ކޮމިޓީން
ފަސް ދުވަހުގެ ނޯޓިސްއެއް ޝަމީމަށް ފޮނުވަން ކޮމިޓީން ވަނީ ފާސްކޮށްފައި
ޚަބަރުގެ އޯޑިއޯ

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަޤާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީ ވުމަށް ނޯޓިސް ދިނުމަށް ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގައި މި މައްސަލަ ބަަލަމުންދަނީ ޖުޑީޝަރީ ކޮމިޓީންނެވެ.

ޝަމީމް ވަކި ކުރެއްވުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.

Advertisement

ޝަމީމް ވަކި ކުރުމަށް ހުށަހަޅާފައިވާ އެއް ސަބަބަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ދައުވާގެ މައްސަލައާއި ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްސަލަ ފައިލް ކުރުމެވެ.  

އޭގެ އިތުރުން، "ސަފާރީ ރޭޕް ކޭސް" ގެ މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމި ނިންމުމާއި، ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ދައުވާކުރި މައްސަލަ އަނބުރާ ގެނައިކަންވެސް ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ބުދަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވަނީ މި މައްސަލައިގައި ޖަވާބުދާރީވުމަށް ޝަމީމަށް ނޯޓިސް ފޮނުވުމަށެވެ. އެގޮތުން ފަސް ދުވަހުގެ ނޯޓިސްއެއް ޝަމީމަށް ފޮނުވަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް