Advertisement
ކ. މާލެ
|
14 އޯގަސްޓް 2024 | ބުދަ 11:14
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
މަޖިލިސް
އިންޑިއާ އައުޓް ކެމްޕޭނު
ފޮރިން އިންވެސްޓްމަންޓު ބިލު މިއަދު ހުށަހަޅުއްވަނީ އިއްޔެ އިޤްތިސާދާއި އިންވެސްޓްމަންޓުތައް "އައުޓް ކުރަން" ނުކުތް މީހުން: ނާޒިލް
ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއިން ހިންގާ ކެމްޕޭނުތަކުގެ ސަބަބުން ޤައުމަށް އޭގެ ނޭދެވޭ އަސަރު ކުރޭ
ކިތަންމެ ރަނގަޅު ޤާނޫނެއް އުފެއްދިނަމަވެސް، ބަޔަކަށް ރާއްޖޭގައި އިންވެސްޓްކުރަން ކެރޭނެތޯ ނާޒިލް ސުވާލު ކުރެއްވި
މިއަދު ފޮރިން އިންވެސްޓްމަންޓު ބިލު ހުށަހެޅުއްވީވެސް އިންޑިއާ އައުޓް ކެމްޕޭނުގައި އެންމެ އިސް ސަފުގައި ހުންނެވި ބޭފުޅާ

އިޤްތިސާދާއި ފޮރިން އިންވެސްޓްމަންޓުތައް "އައުޓް" ކުރުމުގެެ ބޭނުމުގައި އިންޑިއާ އައުޓް ކެމްޕޭނު ހިންގި މީހުން މިއަދު ފޮރިން އިންވެސްޓްމަންޓު ބިލު ހުށަހެޅުއްވުމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.  

ނާޒިލް އެހެން ވިދާޅުވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ހުށަހެޅުއްވި ފޮރިން އިންވެސްޓްމަންޓު ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

Advertisement

ނާޒިލް ވިދާޅުވީ، ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއިން ހިންގާ ކެމްޕޭނުތަކުގެ ސަބަބުން ޤައުމަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ. އެކަމުގެ ސަބަބުން ކިތަންމެ ރަނގަޅު ޤާނޫނެއް އުފެއްދިނަމަވެސް، ބަޔަކަށް ރާއްޖޭގައި އިންވެސްޓްކުރަން ކެރޭނެތޯ ނާޒިލް ސުވާލު ކުރެއްވިއެވެ.

އެހެން އެކަން ކުރީމާ އިންވެސްޓްމަންޓެއް ގެންނަން ބޭރު ބަޔަކަށް ކެރޭނެހޭ ކިތަންމެ ބޮޑު ޤާނޫނެއް ގެނަޔަސް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ، މިއަދު ފޮރިން އިންވެސްޓްމަންޓު ބިލު ހުށަހެޅުއްވީވެސް އިންޑިއާ އައުޓް ކެމްޕޭނުގައި އެންމެ އިސް ސަފުގައި ހުންނެވި ބޭފުޅާ ކަމަށާއި، އެފަދަ ކެމްޕޭނުތަކަށް ކިޔާނީ "އިޤްތިސާދު އައުޓްކޮށް"، "ފޮރިން އިންވެސްޓްމަންޓުތައް އައުޓް ކުރުން" ކަމަށެވެ.

ނާޒިލް އިތުރަށް ވިދާޅުވީ، މިއަދު ހަމަ އެ މެމްބަރު މިފަދަ ބިލެއް ތައާރަފްކުރާއިރު، އެކަންކަން ރައްޔިތުންނަށްވެސް ފެންނަ ގޮތް ތަފާތުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް