Advertisement
ކ. މާލެ
|
14 އޯގަސްޓް 2024 | ބުދަ 10:26
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ރައްޔިތުންގެ މަޖިލިސް
"އިންޑިއާ އައުޓް" ކެމްޕޭނު
ސިޔާސީ ބޭނުމަށް "އިންޑިއާ އައުޓް" ކެމްޕޭނު ފަދަ ސަކަރާތް ޖެހުމުން ފޮރިން އިންވެސްޓްމަންޓެއް ނުލިބޭނެ: މައުރޫފް
ސިޔާސީ ސަބަބުތަކަށްޓަކައި ފޮރިން އިންވެސްޓަރުންވެސް ބިރު ގަންނާނެފަދަ ގޮތްތަކަށް އަމަލު ކުރަމުންދާ މަންޒަރު ފެނޭ
މިއީ 19 ވަނަ މަޖިލީހުގައި އެމްޑިޕީން ހުށަހެޅި ބިލެއް، މިހާރު އަލުން ހުށަހެޅީ ކުދިކުދި ބަދަލުތަކާއެކު
ޚަބަރުގެ އޯޑިއޯ

ސިޔާސީ ސަބަބުތަކަށްޓަކައި "އިންޑިއާ އައުޓް" ކެމްޕޭނު ފަދަ ސަކަރާތް ޖެހުމުން ފޮރިން އިންވެސްޓްމަންޓެއް ނުލިބޭނެކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ފޮރިން އިންވެސްޓްމަންޓް ބިލާ ގުޅޭގޮތުން ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅުވީ، މިއީ 19 ވަނަ މަޖިލީހުގައި އެމްޑިޕީން ހުށަހެޅި ބިލެއް ކަމަށާއި، މިހާރު ބިލު އަލުން ހުށަހެޅިފައި މިވަނީ ކުދިކުދި ބަދަލުތަކާއެކު ކަމަށެވެ.

Advertisement

މައުރޫފު ވިދާޅުވީ، ސިޔާސީ ސަބަބުތަކަށްޓަކައި ފޮރިން އިންވެސްޓަރުންވެސް ބިރު ގަންނާނެފަދަ ގޮތްތަކަށް އަމަލު ކުރަމުންދާ މަންޒަރު މިއަދު ފެންނަމުންދާ ކަމަށެވެ.

ސިޔާސީ ސަބަބަށްޓަކައި އޭރަކު އޮންނަ ސަރުކާރަކާމެދު ހިތްހަމަ ނުޖެހިގެން ފޮރިން އިންވެސްޓްމަންޓުތަކާ ބޭރު ޤައުމުތަކާ ދެކޮޅަށް މި ކެމްޕޭނުތައް ކުރަނީ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު

އޭގެ ސަބަބުން ފޮރިން އިންވެސްޓްމަންޓުތަކަށް ބޮޑެތި ހުރަސްތައް އެޅިގެންދާކަން މައުރޫފު ފާހަގަ ކުރެއްވިއެވެ.

ސިޔާސީ މަޤްސަދަށްޓަކައި މިފަދަ ސަކަރާތް ޖެހުމުން ފޮރިން އިންވެސްޓްމަންޓެއް ނުލިބޭނެ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު

މައުރޫފު ވަނީ ޖީއެމްއާރްގެ މައްސަލައާއި، އިންޑިއާ އައުޓް ކެމްޕޭނު ފަދަ ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އިންޑިއާ އައުޓު ނަމުގައި ހިންގި މުޒާހަރާއަށް އަލިއަޅުވާލައްވާ މައުރޫފް ވިދާޅުވީ، އެއީ ސިޔާސީ ބޭނުމަށް ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ.

އޭގެ ބަދަލުގައި އިހުލާސްތެރިކަމާއެކު ބޭރުގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވައި، ރަނގަޅަށް މޮނިޓަރ ކުރެވޭނެ ނިޒާމެއް ޤާއިމު ކުރަންޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން އެމްޑީޕީގެ ބައެއް އިތުރު މެމްބަރުންވެސް ވަނީ އެކަން ފާހަގަ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް