Advertisement
ކ. މާލެ
|
14 އޯގަސްޓް 2024 | ބުދަ 09:56
ވިއްސާރައާ ގުޅިގެން ކުރިމަތިވާ ކަންކަން މޮނިޓަރކުރުމަށް ޚާއްސަ ޓާސްކް ފޯހެއް ވަނީ އެކުލަވާލާފައި
ވިއްސާރައާ ގުޅިގެން ކުރިމަތިވާ ކަންކަން މޮނިޓަރކުރުމަށް ޚާއްސަ ޓާސްކް ފޯހެއް ވަނީ އެކުލަވާލާފައި
ޕީއެސްއެމް
ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ
ވިއްސާރައާއި ގުޅޭ ކަންކަން މޮނިޓަރކުރުމަށް ވަޒީރުންނާއި ސަލާމަތީ ޚިދުމަތްތައް ހިމެނޭ ޓާސްކްފޯސް އެއް އެކުލަވާލައިފި
މި ޓާސްކްފޯސް ޗެއަރ ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 20 ރަށަކަށް ގެއްލުން ލިބިފައިވޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޚާއްސަ ޓާސްކް ފޯސްއެއް އުފައްދަވައިފިއެވެ.

ވިއްސާރައާއި ގުޅޭ ކަންކަން މޮނިޓަރކުރުމަށް އެކުލަވާލި ކޮމިޓީގައި ހިމެނެނީ ސަރުކާރުގެ ވަޒީރުންނާއި ސަލާމަތީ ޚިދުމަތްތަކުގެ އިސް ވެރިންނެވެ.

Advertisement

ރައީސް އޮފީހުން ބުނީ އެ ޓާސްކް ފޯސްގެ ބޭނުމަކީ މިހާރުކުރަމުންދާ ވިއްސާރައާއި ގުޅިގެން ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބުރޫ އަރާފައިވާތީ ވިއްސާރަ އާއި ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ޙައްލު ހޯދައިދިނުން ކަމަށެވެ. މި ޓާސްކްފޯސް ޗެއަރ ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މިޓާސްކްފޯސްގައި ދެން ހިމެނި ވަޑައިގަންނަވަނީ

  1. މުޙައްމަދު ޣައްސާން މައުމޫން – މިނިސްޓަރ އޮފް ޑިފެންސް
  2. ޢަލީ އިޙްސާން - މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
  3. ޑރ. އިސްމާޢީލް ޝަފީޢު - މިނިސްޓަރ އޮފް އެޑިޔުކޭޝަން
  4. ޑރ. ޢަބްދުﷲ ޚަލީލު – މިނިސްޓަރ އޮފް ހެލްތް
  5. ޠާރިޤް އިބްރާހީމް - މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
  6. އާދަމް ޝަރީފް ޢުމަރު - މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް
  7. ޢަބްދުﷲ ފަޔާޟް – ޗީފް އޮފް ސްޓާފް
  8. ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ
  9. ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 20 ރަށަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، މާލޭގެ 200 އަށްވުރެ ގިނަ ގެއެއްގައި ފެންބޮޑުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް