Advertisement
ކ. މާލެ
|
13 އޯގަސްޓް 2024 | އަންގާރަ 21:21
ވިއްސާރަވެ، މާލެ މަގުތަކުގައި ފެންބޮޑުވެފަ
ވިއްސާރަވެ، މާލެ މަގުތަކުގައި ފެންބޮޑުވެފަ
ރާއްޖެއެމްވީ
ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ
ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މާދަމާ އަކީ ބަންދު ދުވަހެއް ކަަމަށް ކަނޑައަޅައިފި
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ބުދަ ދުވަހު ސްކޫލްތައް ވެސް ބަންދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ

ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ހާމަކުރައްވާފައެވެ.

Advertisement

ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމާފައިވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭ ވެހެމުންދާތީ ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ދަތުރުފަތުރު ކުރުމާއި ހިނގާބިނގާވެ އުޅުމަށް ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ބުދަ ދުވަހު ސްކޫލްތައް ވެސް ބަންދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން 20 ރަށަކަށް ގެއްލުންވެފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވެ، ގެތަކަށް ފެން ވަނުމާއި ބައެއް ރަށްރަށަށް އުދަ އެރުން ފަދަ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް