Advertisement
ކ. މާލެ
|
13 އޯގަސްޓް 2024 | އަންގާރަ 12:48
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރާއްޖެއެމްވީ
ޕީޖީ ޝަމީމް ވަކި ކުރަން ހުށަހެޅުން
ގިނަ ސަބަބުތަކެއް ބަޔާންކޮށް ޕީޖީ ކަމުން ޝަމީމް ވަކި ކުރަން ހުށަހަޅައިފި
ޝަމީމް ވަކި ކުރެއްވުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
އެ ހުށަހެޅުއްވުމާ ގުޅިގެން މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައި
ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭކަންވެސް ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ
ޚަބަރުގެ އޯޑިއޯ

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަޤާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

ޝަމީމް ވަކި ކުރެއްވުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ. އެ ހުށަހެޅުން އަންގާރަ ދުވަހުގެ ޖުޑީޝަރީ ކޮމިޓީ ބައްދަލުވުމުގައި ވަނީ އިއްވަފާއެވެ.

ޝަމީމް ވަކި ކުރުމަށް ހުށަހަޅާފައިވާ އެއް ސަބަބަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ދައުވާގެ މައްސަލައާއި ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްސަލަ ފައިލް ކުރުމެވެ.  

އޭގެ އިތުރުން، "ސަފާރީ ރޭޕް ކޭސް" ގެ މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމި ނިންމުމާއި، ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ދައުވާކުރި މައްސަލަ އަނބުރާ ގެނައިކަންވެސް ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

Advertisement

އޭގެ އިތުރުން، ބަނގުރާ ބުއިމާ ގުޅޭ ގިނަ މައްސަލަތަކެއްވެސް އަނބުރާ ގެނެސްފައިވާ ކަމަށާއި، ޝަމީމް ބަނގުރާފުޅިއެއްގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކުރިކަންވެސް ފާހަގަކޮށްފައިވެއެވެ.  

އަދި ޕީޖީ އޮފީހުގެ ވަކީލަކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ނުބެލުމަށް ޝަމީމް މަސައްކަތް ކުރެއްވި ކަމަށާއި، އަލަމްގިރި މައްސަލައިގައި ބައެއް މީހުންނަށް ދައުވާކޮށް ބައެއް މީހުންނަށް ދައުވާ ނުކުރުމާއި، ވެންޓިލޭޓަރު މައްސަލައިގައިވެސް އެގޮތަށް ކަން ހިންގާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭކަންވެސް ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ޕީޖީގެ މަޤާމުން ޝަމީމް ވަކި ކުރެއްވުމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުއްވުމާ ގުޅިގެން މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް