Advertisement
ކ. މާލެ
|
13 އޯގަސްޓް 2024 | އަންގާރަ 12:45
މޫސުން ގޯސްވާނެކަމަށް ވަނީ އަންދާޒާކޮށްފައި
މޫސުން ގޯސްވާނެކަމަށް ވަނީ އަންދާޒާކޮށްފައި
ރާއްޖެއެމްވީ
ވައިޓް އެލަރޓް ނެރުން
ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފި
އެލަރޓް ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އަންގާރަ ދުވަހުގެ 12:30ން އިރު އޮއްސި 18:30ށް
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ
ޚަބަރުގެ އޯޑިއޯ

ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އަންގާރަ ދުވަހުގެ 12:30ން އިރު އޮއްސި 18:30 އަށެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ މި ވަގުތުތަކުގައި ބޮކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

Advertisement

މި ހަފްތާ ތެރޭގައި މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން އަންދާޒާ ކޮށްފައިވެއެވެ. އެގޮތުން  ގަދަވާރެޔާއެކު ފެން ބޮޑުވެދާނެކަމަށް ބަލައި ތައްޔާރުވެ ތިބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް، ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލަށް ވައިބާރުވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް