Advertisement
ކ. މާލެ
|
11 އޯގަސްޓް 2024 | އާދީއްތަ 15:41
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
އިޒްރޭލުން ހިންގަމުންދާ ޤަތުލުއާންމު
ގާޒާގެ ނިކަމެތި ރައްޔިތުންނާ އިޒްރޭލާ ދެމެދު ހިނގަނީ ހަނގުރާމައެއް ކަމަށް ރައީސް ވިދާޅުވުމުން ފާޑުކިއުން އަމާޒުވެއްޖެ
މިއީ އިޒްރޭލުގެ ޓެރަރިސްޓު ސިފައިން އެމެރިކާއާއި ގުޅިގެން ގާޒާގެ ނިކަމެތި ރައްޔިތުންނާ ދެމެދު ހިންގަމުންދާ މި ޤަތުލުއާއްމެއް
އިޒްރޭލުގެ އެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ރައީސް ވިދާޅުވި

ގާޒާގެ ނިކަމެތި ރައްޔިތުންނާ އިޒްރޭލާ ދެމެދު ހިނގަނީ ހަނގުރާމައެއް ކަމަށް ރައީސް ވިދާޅުވުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރައީސަށް ފާޑުކިއުން އަމާޒުވީ އިޒްރޭލުން ގާޒާގެ އިތުރު ސްކޫލަކަށް ބޮން އެޅުމާއި ގުޅިގެން އެތައް ބަޔަކު ޝަހީދުވެ، އެތައް ބަޔަކަށް ބޮޑެތި ޒަޚަމްތައް ލިބުމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓާ ގުޅިގެންނެވެ.  

Advertisement

އެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރުން ލަސްވުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޒްރޭލުގެ އެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އެހެން ވިދާޅުވެ ރައީސް ވަނީ އިޒްރޭލާ ގާޒާއާ ދެމެދު ހިނގަމުންދާ "ހަނގުރާމައިގައި" މިހާތަނަށް 39،000ށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާކަންވެސް ފާހަގަ ކުރައްވާފައެވެ.

މިއީ ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލުން ކުރަމުންދާ ކަމެއް ކަމަށާއި، މިކަމުގައި ދުނިޔެއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް އިޒްރޭލުގެ ގަދަފަދަ ޓެރަރިސްޓު ސިފައިން ދުނިޔޭގެ އެއް ބާރު ކަމުގައިވާ އެމެރިކާއާއި ގުޅިގެން ގާޒާގެ ނިކަމެތި ރައްޔިތުންނާ ދެމެދު ހިންގަމުންދާ މި ޤަތުލުއާންމަކީ ހަނގުރާމައެއްގެ ގޮތުގައި ރައީސް ވިދާޅުވުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް