Advertisement
ކ. މާލެ
|
11 އޯގަސްޓް 2024 | އާދީއްތަ 11:22
އާރު.ޓީ.އައި އަކަށް ޖަވާބު ނުދީ މިހާރު ނޯންނާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ބޮޑު އިތުރުފުޅެއް ހައްދަވައިފި
އާރު.ޓީ.އައި އަކަށް ޖަވާބު ނުދީ މިހާރު ނޯންނާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ބޮޑު އިތުރުފުޅެއް ހައްދަވައިފި
ރައީސް އޮފީސް
ރާއްޖެ އިންޑިއާ ގުޅުން
ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ކުއްލި ތައުރީފު އިންޑިއާގެ ނޫސްތަކުން ސިފަކުރީ އެއީ މުއިއްޒު ނެންގެވި ޔޫ-ޓާންއެއްގެ ގޮތުގައި
އިންޑިއާގެ ލައިން އޮފް ކްރެޑިޓް ދެއްކުން އެ ޤައުމުން ފަސްކޮށްދީ ރާއްޖެއަށް ލުއި ދިންފަހުން މުޅި ސަރުކާރުގެ ރާގުވެސް ވަނީ ބަދަލުވެފައި
ރައީސް މި އަމަލު ކުރެއްވި ގޮތުން އިންޑިއާގެ އެކި ނޫސްތަކުން އޭރުވެސް ރާއްޖެއަށް މަލާމަތްކޮށް ޚަބަރުތައް ފަތުރާފައިވޭ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ޝައުޤުވެރިކަން ރައީސް މިހާރު ވަނީ ފާޅު ކުރައްވާފައި

އިންޑިއާއަށް ބަހުގެ ހޫނު ޙަމަލާތަކެއް ދެއްވުމަށްފަހު ކުއްލި ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ރާގުފުޅު ބަދަލުވެ އިންޑިއާއަށް ކުރެއްވި ތައުރީފާ ގުޅިގެން ރައީސް މުއިއްޒު ޔޫޓާނެއް ނެންގެވީކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

Advertisement

"އިންޑިއާ ޓުޑޭ" ގެ އިތުރުންވެސް އިންޑިއާގެ ބައެއް އިތުރު ނޫސްތަކުން ވަނީ އެގޮތަށް ރިޕޯޓު ކޮށްފައެވެ. އެގޮތުން ޔޫޓާން ނަންގަވައި ތައޯސް މުއިއްޒު އިންޑިއާއަކީ އެންމެ ގާތް އެކުވެރި ޤައުމުކަމަށް ވިދާޅުވެ، އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ޝައުޤުވެރިކަން ފާޅު ކުރެއްވިކަމަށް އިންޑިއާ ޓުޑޭގައި ރިޕޯޓު ކޮށްފައިވެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ޚަބަރެއް

އިންޑިއާގެ ނޫސްތަކުން އެގޮތަށް ރިޕޯޓު ކޮށްފައިވާއިރު، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އަވައްޓެރި އިންޑިއާއަށް ނުސީދާ ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖެ ކުޑަވެދާނެ ކަމަށާއި ނަމަވެސް އެއީ ރާއްޖެއަށް ބުލީ ކުރުމަށް ދެވޭ ލައިސަންސެއް ނޫން ކަމަށެވެ.

އަދި އިންޑިއާ ކަނޑަކީވެސް ވަކި ޤައުމެއްގެ ކަނޑެއް ނޫންކަމަށް ވިދާޅުވެ ރައީސް ވަނީ އިންޑިއާގެ ނަން ވިދާޅުނުވެ، ނުސީދާ ބަސްތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ރާއްޖެއަކީ ވަކި ގައުމެއްގެ "ބެކްޔާޑު" ގައި އޮތް ގައުމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް އިންޑިއާގެ ލައިން އޮފް ކްރެޑިޓް ދެއްކުން އެ ޤައުމުން ފަސްކޮށްދީ ރާއްޖެއަށް ލުއި ދިންފަހުން މުޅި ސަރުކާރުގެ ރާގުވެސް ވަނީ ބަދަލުވެފައެވެ. އެގޮތުން ޖައިޝަންކަރާ ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ އިންޑިއާއާއެކު އޮތް ގުޅުން އައު އުސްމިންތަކަކަށް ގެންދަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ.

ރައީސް މި އަމަލު ކުރެއްވި ގޮތުން އިންޑިއާގެ އެކި ނޫސްތަކުން އޭރުވެސް ރާއްޖެއަށް މަލާމަތްކޮށް ޚަބަރުތައް ފަތުރާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް