Advertisement
ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 22:53
އެމްޑީޕީގެ ބައެއް އިސް މެމްބަރުންނާއި އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރު
އެމްޑީޕީގެ ބައެއް އިސް މެމްބަރުންނާއި އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރު
އަބްދުﷲ ޝާހިދު ޓްވިޓަރ
އެމްޑީޕީން "ވެލްކަމް އިންޑިއާ" ސިޔާސަތައް މަރުހަބާ
ރައީސް މުޢިއްޒުގެ ސަރުކާރުން އިންޑިއާ އާ މެދު ގެންގުޅޭ ސިޔާސަތު “އިންޑިއާ އައުޓް” އިން “ވެލްކަމް އިންޑިއާ” އަށް ބަދަލުކުރި ކުރުމަށް އެމްޑީޕީން މަރުޙަބާ ކިޔައިފި
އިންޑިއާއިން ވޭތުވެ ދިޔަ 5 އަހަރު ރާއްޖޭގެ ތަރައްގީ އަށް މުހިންމު އެތައް މަސައްކަތެއް ކޮށްދީފައިވާކަން އެމްޑީޕީން ފާހަގަ ކުރޭ
އިންޑިއާއިން މެދުކެނޑުމެއް ނެތި ވެދެމުންދާ އެހީތެރިކަމަށް އެމްޑީޕީގެ ރައީސް ޝާހިދު އިންޑިއާއަށް ޝުކުރު އަދާކުރެއްވި
"އިންޑިއާ އައުޓް" ކެމްޕޭނުގައި ހެދި ދޮގުތަކާއި އޭގެ ސަބަބުން ލިބުނު ގެއްލުންތަކަށް، ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް އެމްޑީޕީން ގޮވާލާ
ޚަބަރުގެ އޯޑިއޯ

ރައީސް މުޢިއްޒުގެ ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު "އިންޑިއާ އައުޓް" އިން "ވެލްކަމް އިންޑިއާ" އަށް ބަދަލުކުރި ކުރުމަށް އެމްޑީޕީން މަރުޙަބާ ކިޔާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

Advertisement

އެމްޑީޕީ އިން މިހެން ބުނީ އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއާ ހޮނިހިރު ދުވަހު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު ނެރުނު ނޫސް ބަޔާނެއްގައެވެ.

އެމްޑީފީ ގެ ބަޔާނުގައި މިއަދުގެ ސަރުކާރުން އެކި ގޮތްގޮތަށް އިންޑިއާއާ ދެކޮޅަށް ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް މަސައްކަތްކުރި ކަމީ އެ ޕާޓީއިން ހިތާމަކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ.

"އެކި ބަސްތަކާއި މަލާމާތުގެ ޒަރީއާއިން، ގިނަ ދުވަސްވީ ރަޙްމަތްތެރިއެއް އަދި ތަރައްޤީގެ ބައިވެރިއެއް ކަމަށްވާ އިންޑިއާ، ގަނާކުރާ ޤައުމެއްގެ ގޮތުގައި ސިފަކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރުތައް ދިވެހިރާއްޖޭގެ އިޤްތިޞާދަށްކޮށް، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ދިވެހިރާއްޖެއަށް ލިބިފައި އޮތް މަޤާމަށް އަސަރުކޮށްފައި،" ވާކަމަށް ބަޔާނުގައި ވެއެވެ.

އެހެންކަމުން، ރައީސް މުޢިއްޒުގެ ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު "އިންޑިއާ އައުޓް" އިން "ވެލްކަމް އިންޑިއާ" އަށް ބަދަލުކުރި ކުރުމަށް އެމްޑީޕީން މަރުޙަބާ ކިޔައެވެ. އަދި މި ބަދަލަކީ ހަމައެކަނި ވަގުތީ ނުވަތަ ދެއްކުންތެރިކަމުގެ ބަދަލަކަށް ނުހަދައި، ދިވެހި ރައްޔިތުންގެ މަޞްލަޙަތަށްޓަކައި ދެމެހެއްޓެނިވި އަދި މާނަހުރި ބަދަލަކަށް ވާނެކަމަށް އެމްޑީޕީ އިން އުންމީދު ކުރާކަމަށް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، "އިންޑިއާ އައުޓް" ކެމްޕޭނުގެ ހެދި ދޮގުތަކާއި އޭގެ ސަބަބުން ލިބުނު ގެއްލުންތަކަށް، ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް އެމްޑީޕީން ގޮވާލާ ކަމަށް ބަޔާނުގައި ވެއެވެ.

ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި - ގޫގުލް

މިއަދުގެ ބައްދަލުވުމުގައި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ދިވެހިރާއްޖެއަށް ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. އަދި އިންޑިއާއިން މެދުކެނޑުމެއް ނެތި ވެދެމުންދާ އެހީތެރިކަމަށް އިންޑިއާއަށް ޝުކުރު އަދާކުރެއްވިއެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު އައްޑޫ ސިޓީއަށް ކުރައްވާ ޒިޔާރަތަށްވެސް އެމްޑީޕީން ވަނީ މަރުހަބާ ކިޔާފައެވެ.

މި ދަތުރުފުޅުގައި އައްޑޫގެ ބިންހިއްކުމާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށް، ހިތަދޫ އާއި މަރަދޫ ގުޅުވާލުމަށް ހަންކެޑެ ވަށައިގެން ހެދި 4 ލޭނުގެ ޑީޓުއަރ ލިންކް ރޯޑްވެސް އިފްތިތާޙް ކުރައްވާނެކަން އުފަލާއެކު ފާހަގަކުރާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މި މަގަކީ އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެމްޑީޕީ ސަރުކާރުން ހިންގި މުހިއްމު މަސައްކަތެއް ކަން ފާހަގަ ކުރަމުން މި ދެ މަޝްރޫޢަށްވެސް ފަންޑުކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކަން އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ނިމިދިޔަ 5 އަހަރު އިންޑިއާއިން ދީފައިވާ މުހިންމު އެހީތަކަށް ބަލާލަމުން، ދިވެހިރާއްޖޭގައި ހިންގޭ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަމަށް ވާ ގްރޭޓަރ މާލޭ އޭރިއާ ކަނެކްޓިވިޓީ މަޝްރޫއާއި އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްއާއި، ކޯސްޓްގާޑުގެ އައު ޢިމާރާތާއި، އުތުރު ތިލަފަޅުގައި ޤާއިމްކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ބަނދަރާއި ޑޮކްޔާޑާއި، އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢާއި، 36 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްކުރުމުގެ މަޝްރޫޢާއި، ކޫއްޑޫ އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްތައް ބޮޑުކުރުމުގެ މަޝްރޫޢާއި، ހަނިމާދޫ އަދި އައްޑޫ އެއަރޕޯޓްތަކުގެ މަޝްރޫޢާއި އައި.ޖީ.އެމް.އެޗް ގެ މަޝްރޫޢަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާފައިވާ މަޝްރޫއުތަކެއް ކަން އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 ބަލިމަޑުކަމާ ކުރިމަތިލުމުގައިވެސް އަދި އެކަމުން އަރައިގަތުމަށްވެސް އިންޑިއާއިން ދިވެހިރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާކަން އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

Advertisement

Advertisement
- ކޮމެންޓް