Advertisement
ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 18:06
އެމްޑީޕީގެ ދާއިރާތަކުގެ ބައި-އިލެކްޝަންގެ ތެރެއިން
އެމްޑީޕީގެ ދާއިރާތަކުގެ ބައި-އިލެކްޝަންގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައި-އިލެކްޝަން
ހއ. މޮޅަދޫ އަދި ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް އިންތިޚާބު އަލުން ބޭއްވުމަށް ނިންމައިފި
ވޯޓުލުން އޮންނާނީ 16 އޮގަސްޓް 2024 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:30ން 6:00ށް
ވޯޓުލުން އޮންނާނީ ހއ. މޮޅަދޫ އެމްޑީޕީ ހަރުގޭގައި
ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް އިންތިޚާބު އޮންނާނީ ހުޅުމާލެ މުހަައްމަދު ޤާސިމް ޕްރީ ސްކޫލުގައި

ހއ. މޮޅަދޫ އަދި ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް އިންތިޚާބު އަލުން ބޭއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ 02 އޮގަސްޓް 2024 ގައި ބޭއްވުނު ގައުމީ މަޖިލިސް އިންތިޚާބުގައި ހއ. އިހަވަންދޫ ދާއިރާގެ، ހއ. މޮޅަދޫ އަދި ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް އިންތިޚާބު ވޯޓާއި ގުޅޭ ޝަކުވާތައް، ޝަކުވާ ހުށަހަޅާ ކޮމިޓީން ބެލުމަށްފަހު ދީފައިވާ ލަފައަށް އިންތިޚާބާ ބެހޭ ކޮމިޓީން ރިއާޔަތް ކުރުމަށްފަހު އިންތިޚާބާ ބެހޭ ކޮމިޓީން އެ ދާއިރާގެ ވޯޓު އަލުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.

އެ ވޯޓުލުން އޮންނާނީ 16 އޮގަސްޓް 2024 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:30ން 6:00އަށެވެ.

Advertisement

އެގޮތުން ވޯޓުލުން އޮންނާނީ ހއ. މޮޅަދޫ އެމްޑީޕީ ހަރުގޭގައެވެ. އަދި ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް އިންތިޚާބު އޮންނާނީ ހުޅުމާލެ މުހަައްމަދު ޤާސިމް ޕްރީ ސްކޫލުގައެވެ.

ހއ. މޮޅަދޫ އަދި ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް އިންތިޚާބު އަލުން ބޭއްވުމަށް ނިންމާފައިވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ 2 އޮގަސްޓް 2024 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް