Advertisement
ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 17:25
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތު ކުރެވިގެން ހައްޔަރުކުރި އޮފިސަރުންތައް
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތު ކުރެވިގެން ހައްޔަރުކުރި އޮފިސަރުންތައް
ޕޮލިސް
ހައްޔަރުކުރި ޖަލު އޮފިސަރުންގެ ވަނަވަރު
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތު ކުރެވިގެން ހައްޔަރުކުރި އޮފިސަރުންގެ ވަނަވަރު އާއްމުކޮށް ދައުވާ ކުރަން ފޮނުވައިފި
މާފުށި ޖަލުގެ 13 އޮފިސަރުން ހައްޔަރު ކޮށްފައިވަނީ 28 ޖޫން 2024 ގައި
އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ވަދެފައިވޭ
ފައިސާ އޮފިސަރުންގެ އެކައުންޓަށް އައިސްފައިވާ ވަނީ ބައެއް ގައިދީންގެ އެކައުންޓުންނާއި އެމީހުންނާ ގުޅުން އޮންނަ މީހުންގެ އެކައުންޓުން

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި އޮފިސަރުންގެ ވަނަވަރު އާއްމުކޮށް ދައުވާ ކުރަން ފޮނުވައިފިއެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނީ މި 13 މީހުންގެ މައްސަލަ ތަހުގީގުކޮށް ނިންމައި، ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

Advertisement

ދައުވާ ކުރަން ފޮނުވި މީހުންނަކީ:

  • 22 އަހަރުގެ މާޒިން ހަމީދު، ފ.ނިލަންދޫ/ހަވޭލި،
  • 29 އަހަރުގެ ޖިނާހް އަބްދުއްރަހީމް، ރ.އުނގޫފާރު/އައިވަރީ ހައުސް،
  • 24 އަހަރުގެ މުހައްމަދު ފަތޫހު ފަތުހުﷲ، ގއ.ވިލިނގިލި/ ކުއްޅަވައްގެ
  • 33 އަހަރުގެ އަލީ ހިޝާމް، ކ.މާފުށި/ބީޗް ހައުސް
  • 30 އަހަރުގެ މުހައްމަދު ނަބުހާން، ކ.މާލެ/ގ.އީވްނިންގ ސްޓަރ
  • 21 އަހަރުގެ މުހައްމަދު ނަބީލް އިބްރާހިމް، ކ.މާލެ/މ.މޭދާ
  • 36 އަހަރުގެ އަލީ ނާޒިމް، ހދ.ނޭކުރެންދޫ/ތަރާނާގެ
  • 23 އަހަރުގެ ޒަޔާން އަހުމަދު، ކ.މާފުށި/މާވިނަ
  • 23 އަހަރުގެ ޔާމީން ހުސެއިން، ރ.މީދޫ/ހިޖާޒް
  • 24 އަހަރުގެ އަހުމަދު ޝަމާލް، ށ.ފޯކައިދޫ/ފަހާގެ
  • 29 އަހަރުގެ މުހައްމަދު ރިމާޒް، ށ.ފޯކައިދޫ/ ދަނބުމާގެ
  • 27 އަހަރުގެ އަހުމަދު އަނޫފް، ކ.ކާށިދޫ/ބިންމަތީގެ
  • އަދި 32 އަހަރުގެ އަލީ އަޝްފާގު، ނ.ލަންދޫ/ ކާމިނީގެ

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމުގެ ތުހުމަތުގައި މާފުށި ޖަލުގެ 13 އޮފިސަރުން ހައްޔަރު ކޮށްފައިވަނީ 28 ޖޫން 2024 ގައެވެ.

ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އެހީތެރިވާ ކަމުގެ ތުހުމަތުގައި، އެކަމުގައި ބައިވެރިވާ މީހުން ހޯދުމުގެ ޚާއްސަ އޮޕަރޭޝަންތަކެއް ޖޫން މަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މައްސަލައިގައި ކަރެކްޝަންސްގައި މަސައްކަތް ކުރާ 18 އޮފިސަރުން ހިމެނޭ ކަމަށާއި، އެ އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ވަދެފައި ވާކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ފައިސާ އޮފިސަރުންގެ އެކައުންޓަށް އައިސްފައިވާ ވަނީ ބައެއް ގައިދީންގެ އެކައުންޓުންނާއި އެމީހުންނާ ގުޅުން އޮންނަ މީހުންގެ އެކައުންޓުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 13 އޮފިސަރުންގެ ތެރޭގައި ހިމެނެނީ، ކ. މާފުށިން ހައްޔަރުކުރި 9 އޮފިސަރުންނާއި ކ. ކާށިދޫން ހައްޔަރުކުރި 2 އޮފިސަރުންނާއި ހއ. އުތީމުން ނާއި މާލެއިން ކޮންމެ ރަށަކުން ހައްޔަރު ކުރި އޮފިސަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

Advertisement
- ކޮމެންޓް