Advertisement
ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 16:11
މާފަންނު ސަހަރާ - ހިތް ފަސޭހަ މާލެއެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޕާކިން ޒޯންތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން
މާފަންނު ސަހަރާ - ހިތް ފަސޭހަ މާލެއެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޕާކިން ޒޯންތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން
އަވަސް
މާފަންނު ސަހަރާ ހުސްކުރުން
ޕާކިން ޒޯނެއް ތަރައްގީ ކުރުމަށް މާފަންނު ސަހަރާ ހުސްކުރަނީ
މާފަންނު ސަހަރާގައި 36،153 އަކަފޫޓު ހުރޭ
މި މަސައްކަތް ކުރާނީ އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް
މާލެސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލަ

ޕާކިން ޒޯނެއް ތަރައްގީ ކުރުމަށް މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.

މާލެސިޓީ ކައުންސިލުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައިވާ މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކުރާނީ އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކަމަށް ކައުންސިލުން ބުނެއެވެ.

މާފަންނު ސަހަރާގައި 36،153 އަކަފޫޓު ހުރެއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި އަގު ހުށައެޅުމަށް ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް އާދެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

Advertisement

ކައުންސިލުން ބުނީ މިމަހުގެ 14 ވަނަ ދުވަހުގެ 11:00 ގައި އެއިދާރާއަށް އައުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށާއި ބިޑު ހުށައެޅުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ 11:00 ގައި ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ގަޑިއަށް މައުލޫމާތު ސާފުކުރަން ނާންނަ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށެވެ.

މާލެސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލައެވެ. އެކަށީގެންވާ މިންވަރަށް ޕާކުކުރާ ޖާގަ ނެތުމުން އެކަމުގެ ކަންބޮޑުވުންތައް އާއްމު ރައްޔިތުން ދަނީ ކުރަމުންނެވެ. ވެހިކަލް ޓޯ ކުރުމުގެ މައްސަލަ ފެންމަތިވެފައިވާއިރު، މާލޭގައި ދިރިއުޅޭ މީހުންނަށް ހިތް ފަސޭހަ މާލެއެއް ހޯދައިދޭނެ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވެއެވެ.

ހިތް ފަސޭހަ މާލެއެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޕާކިން ޒޯންތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕާޒިން ޒޯންތައް ތަރައްގީކޮށް، ޕާކިންގެ އިމާރާތްތައް އަވަސް ކުރުމަކީ ކައުންސިލްގެ އަމާޒެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް