ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 01:47
ނިމިދިޔަ ސަރުކާރުން ދޭން ނިންމި، ފްލެޓާއި ގޯތި ދިނުން ލަސްވާތީ ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާ
ނިމިދިޔަ ސަރުކާރުން ދޭން ނިންމި، ފްލެޓާއި ގޯތި ދިނުން ލަސްވާތީ ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާ
ރާއްޖެއެމްވީ
ފްލެޓް މުޒާހަރާ
މުޒާހަރާގެ ބައިވެރިން ނުރުހުން ފާޅުކުރީ ތަފާތު މޭރުމަކުން - "އާއްމުންނަށް ފެނުނީ ފިލި ހަސީނާ އާއި ފިލި ހައިދަރު"
އާއްމުން ވަނީ ޖަވާބުދާރީ ނުވާނަމަ ހައުސިންގ މިނިސްޓަރ ހައިދަރު މަޤާމުން އިސްތިއުފާދޭން ގޮވާލާފައެވެ.

ހުކުރު ދުވަހުގެ ރޭ 09:00 ގައި ލޮނުޒިޔާރަތްކޮޅުގައި ބޭއްވި މުޒާހަރާ އިން ފެނިގެން ދިޔައީ އާއްމުންގެ ނުރުހުމާއި ކަންބޮޑުވުންތަކެވެ. ފެނިގެންދިޔަ މަންޒަރަކީ އާއްމުންގެ ކަންބޮޑުވުންތަކާއި ތަކުލީފުތަކުގެ ވާހަކައެވެ. ނިމިދިޔަ ސަރުކާރުން ދިން ގޯއްޗާއި ފްލެޓް ހަވާލުކުރުން ލަސްކުރާތީ، ކޮންމެ ހުކުރު ދުވަހަކު ކުރަމުންދާ އެ މުޒާހަރާތައް ފެނިގެން ދަނީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަވާ މަންޒަރެވެ. ފެންނަނީ އާއްމުންގެ ކެތްތެރިކަން ކޮޅުން ލާ މަންޒަރެވެ. މުޒާހަރާގެ ބައިވެރިންގެ ޖަޒުބާތުތައް ބަންޑުންކޮށްލުމުން އެނގޭ ކަމަކީ އާއްމުންނަށް މި މައްސަލައިގައި ދެން ކެތް ކުރެވޭނީ ކިހާ މިންވަރަކަށް ކަން އާއްމުންނަށް ވެސް ނޭނގޭ ކަމެވެ.

"ކޮބާ ކޮބާ މަގޭ ފްލެޓް ކޮބާ"، ' ކޮބާ ކޮބާ މަގޭ ގޯތި ކޮބާ؟" މި ދެ ސުވާލުން މުޒާހަރާގައި އޮތީ އަޑު ގުގުމާލާފައެވެ. މުޒާހަރާގެ ގިނަ ބައިވެރިން ހުކުރު ދުވަހު އެ ބައިވެރިންގެ ފްރަސްޓްރޭޝަން ނުވަތަ ނުތަނަވަސްކަން ހާމަކުރީ ތަފާތު މޭރުމަކުންނެވެ. މިހާރުގެ ހައުސިން މިނިސްޓަރ މިިނިސްޓަރު ޑރ. އަލީ ހައިދަރު ސިފަ ކުރެވެނީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ފަދައިން ފިއްލަވާ ބޭފުޅެއްގެ ގޮތުގައި ކަމަށް، ގޯއްޗާއި ފްލެޓް ނުދީގެން މުޒާހަރާ ކުރަމުންދާ އާއްމުން އައީ ބުނަމުންނެވެ. އާއްމުން ބުނަނީ މިނިސްޓަރ ހައިދަރު އާއްމުންނާއި އެކު ފީކޮއި ކުޅުއްވާ ކަމަށެވެ. އެއީ ހައިދަރު ފަދަ ބޭފުޅެއްގެ ހައިބަތަށް ވެސް ހުތުރު ކަމެއް ކަމަށް އާއްމުން ވަނީ ބުނެފައެވެ. "އާއްމުންނަށް ފެނުނީ ފިލި ހަސީނާ އާއި ފިލި ހައިދަރު"ކަމަށް އާއްމުން އައީ ބުނަމުންނެވެ.

އެ މުޒާހަރާގައި އާއްމުން ވަނީ އެކި ފަހަރު މަތިން މަޖިލީހުގެ ތަޅުމަށާއި މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުވާން މިނިސްޓަރ ހައިދަރު އަށް އެންގުމުން އެކަމަށް އިޖާބަ ނުދެއްވާ ފިއްލަވައިގެން އުޅުއްވާ ކަމަށް ސިފަކޮށް އެކަމަށް ފާޑު ކިޔާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ މިނިސްޓަރ ހައިދަރަށް ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ވެސް ފިލައިގެން އުޅެވިދާނެ ކަމަށް ޤަބޫލުކުރައްވައިގެން ނުވާނެ ކަމަށް ބުނެފައެވެ. ރައްޔިތުން ނުކުމެ މި މައްސަލައިގައި މުޒާހަރާގެ ބައިވެރިން ޖަވާބުދާރީކުރުވާނެ ކަމަށް އާއްމުން ވަނީ ބުނެފައެވެ. ބުނެފިއެވެ.

ސަރުކާރުން ފުރަތަމަ ޢަމަލު ކުރި ގޮތަކަށް ނޫން ޢަމަލުކުރަމުން ދަނީކީ އެއްގޮތަކަށް ވެސް މިހާރަކު. ކުރިން މަންދޫބުން ފޮނުއްވައިގެން ވެސް ވިދާޅުވި ވެރިކަން ދޭށޭ ފްލެޓާއި ގޯތި ދޭނަމޭ. އެކަން ކޮށްފި. މަޖިލިސް ވެސް ކައުންސިލްވެސް ދީފި. ދެން ކޮން ވާހަކައެއްތޯ މި ދައްކަނީ ފްލެޓްތައް ނުދެވެނީ އެ އުޒުރެއް މި އުޒުރެއް ދައްކައިގެން. މިނިސްޓަރ ހައިދަރުވެސް އުޅުއްވަނީ ފިއްލަވައިގެން އަޅުގަނޑު ދަންނަވާނީ އެހެން ނޫޅުއްވާށޭ. އެއީ ވަރަށް ހަޑިކަމެކޭ. ތިހެން ފިއްލަވައިގެންނެއް ނޫޅުއްވޭނެއޭ. މިހެން ރައްޔިތުންނަކާ ނުކުޅޭނެ. ޓެންޓް ޖަަހަން ޖެހިއްޖެއްޔާ އެކަން ވެސް ކުރާނަން.
އާއްމު މީހެއް
ނިމިދިޔަ ސަރުކާރުން ދޭން ނިންމި، ފްލެޓާއި ގޯތި ދިނުން ލަސްވާތީ ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާ - ރާއްޖެއެމްވީ

މުޒާހަރާގެ ބައިވެރިއަކު ވަނީ ސަރުކާރުން އާބާދީ އިތުރުކުރުމަށް ބާރު އަޅާ އިރު ގޯއްޗާއި ފްލެޓް ނުދީ، ރަނގަޅު ބޯހިޔާވަހިކަމެއް ނުދީ އާބާދީ އިތުރުކުރަނީ ކިހިނެތްތޯ ސުވާލުކޮށްފައެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދާދޭން މަސައްކަތް ނުކޮށް ސަރުކާރުގެ ސިޔާސީ މީހުން އަތް އުރާލައިގެން ތިބޭ ކަމަށް ފާހަގަކޮށް އޭނާ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މި މައްސަލަ އަކީ މިއީ އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރި މައްސަލަ އެއް ކަމަށް ވާއިރު މި މައްސަލަ އާއި މެދު ފޮނުވާ ސިޓީތަކަށް ވެސް ޖަވާބު ނުލިބޭ ކަމަށް އިތުރު އާއްމު މީހަކު ވަނީ ބުނެފައެވެ. މި މައްސަލައިގައި މީގެ ކުރިން މުޒާހަރާކުރުމުން ރައީސްގެ އަރިހަށް ގެންދަވާ މި އޮގަސްޓްމަހުގެ ނިޔަލަށް މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެކަން ވެގެން ނުދިޔަ ކަމަށާއި ރައީސްގެ އެ ވައުދުވެސް ނުފުއްދުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖެނުއަރީ މަހު ބޭއްވި ބިންވެރިންގެ ސައްލާ އަށް މަންދޫބެއް ފޮނުވާފަ ވިދާޅުވީ އެހެން. މިނިސްޓަރުންނަށް ގުޅައިގެން ވަރަށް މަސައްކަތް ކުރިން އެއްބާރުލުން ދޭން. ރައީސް ވެސް މެސެޖަށް ޖަވާބު ނުދެއްވާ. އެކި ބޭފުޅުންނަށް ގުޅަނީ. ޖަވާބެއް ނުދެއްވާ. މިނިސްޓްރީތަކުގެ ކޯޑިނޭޝަނެއް ވެސް ނެތް. ރައީސް އޮފީހަށް ގުޅީމަ ބުނަނީ އެވެނި މިވެނި ތަނަކަށް ގުޅަން. ފަންޑް މެނޭޖްމެންޓް އަސް ގުޅީމަ އެވެނި މިވެނިތަނަކަށް ގުޅަން. ފޯލްސް ޕްރޮމިސް އެއް ނޫން ބޭނުމީ. މީއޭ ޕްލޭނަކީ ބުނަންވީ. މިއީ ބޭނުންވެގެން އުޅޭ ކަމަކީ. ގުޅީފަޅު ހުއްޓިފައި. ހުޅުމާލެ ހިއްކިތަން ވަށާފާރު ރާނަން ހުއްދަ ނުދޭ. ދެން މިހާރު ގޮސް އެތާ ޓެންޓް ޖަހަންވީ.
އާއްމު މީހެއް

އާއްމުން ވަނީ ޖަވާބުދާރީ ނުވާނަމަ ހައުސިންގ މިނިސްޓަރ ހައިދަރު މަޤާމުން އިސްތިއުފާދޭން ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް