Advertisement
ކ. މާލެ
|
8 އޯގަސްޓް 2024 | ބުރާސްފަތި 17:35
ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވާހަކަދައްކަވަނީ
ފެނަކަ
ފެނަކައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން
ފެނަކައިގެ އައިސްޕްލާންޓު ތަކުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވެސް ވަޒީފާއިން ވަކިކުރަނީ
އެ މުވައްޒަފުންނަށް ދިން ނޯޓިސް މިމަހުގެ 15 ގެ ނިޔަލަށް ހަމަވާނެ
މުޅި ޖުމްލަ 731 މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ވަނީ ނޯޓިސް ފޮނުވާފައި
ފެނަކައިން 17 އައިސްޕްލާންޓެއް އޮޕަރޭޓް ކުރި، ދެން އެތަންތަން އޮޕަރޭޓްކުރާނީ މިފްކޯއިން

ފެނަކަ ކޯޕްރޭޝަނުން އައިސްޕްލާންޓް އޮޕަރޭޓް ކުރުން ހުއްޓާލުމާ ގުޅިގެން އެތަންތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ނިންމައިފިއެވެ.

ފެނަކައިން އޮޕަރޭޓް ކުރަމުން އައީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި 17 އައިސްޕްލާންޓެކެވެ. ފެނަކައިން މިމަސައްކަތް 1 އޮގަސްޓް 2024 ގައި ހުއްޓާލުމުން ދެން އައިސްޕްލާންޓްތައް އޮޕަރޭޓްކޮށް ހިންގަމުންދާނީ މިފްކޯއިންނެވެ.

އައިސްޕްލާންޓުތަކުގައި މަސައްކަތް ކުރަމުންއައި މުވައްޒަފުންނަށް ފެނަކައިން ފޮނުވި މެމޯގައި ބުނެފައިވަނީ ކުންފުނިން ހިންގަމުންއައި އައިސްޕްލާންޓް އޮޕަރޭޝަން ހުއްޓާލުމަށް ނިންމާފައިވާތީ އައިސްޕްލާންޓް އޮޕަރޭޝަން ޔުނިޓްގައި މަސައްކަތް ކުރާ މުވައްޒަފުން 15 އޮގަސްޓް 2024 ވަނަ ދުވަހުން ފެށިގެން ކުންފުނީގެ ވަޒީފާއިން ދޫކޮށްލެވޭނެ ކަމަށެވެ.

ފެނަކައިން އައިސްޕްލާންޓް އޮޕަރޭޓް ކުރުން ހުއްޓާލުމާ ގުޅިގެން އެތަންތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް ނިންމާފައިވާއިރު، މުޅި ޖުމްލަ 731 މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ވަނީ ނޯޓިސް ފޮނުވާފައެވެ.

Advertisement

ބައެއް މީޑިއާތަކަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ އެ މުވައްޒަފުންނަށް ދިން ނޯޓިސް މިމަހުގެ 15 ގެ ނިޔަލަށް ހަމަވާނެ ކަމަށާއި، އެ މުވައްޒަފުން ވަކި ކުރުމުން 7 މިލިއަނާއި 9 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކޮންމެ މަހަކު ސަލާމަތްކުރެވޭނެ ކަމަށެވެ. އެމުވައްޒަފުން މިވަގުތު ގެންގުޅުމަކީ ކުންފުންޏަށް މާލީ ގޮތުން ލިބޭ ގެއްލުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އޮޕަރޭޝަން ލެވެލްގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުކުރާ ކަމަށެވެ.

ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަކީ އިމާރާތްކުރުމުގެ މަސައްކަތަށް ނަގާފައި ތިބި މުވައްޒަފުންކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ނިމިފައިވާއިރު، އަނެއްބައި ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

މީގެ އިތުރުން މުއާޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކުންފުންޏަށް މުވައްޒަފުން ނެގުމުގެ ބަދަލުގައި އެމަސައްކަތް ކުރާނީ ޕްރޮޖެކްޓްތަކަށް ވަކިވަކިން ކަމަށެވެ.

ކުއްލި އަކަށް ފެނަކައިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރާ މައްސަލަ ބޮޑުވެ، ބައެއް ރަށްރަށުގައި މުޒާހަރާ ވެސް ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް