Advertisement
ކ. މާލެ
|
8 އޯގަސްޓް 2024 | ބުރާސްފަތި 13:38
ކްރިމިނަލް ކޯޓް - މި ޙާދިސާ ހިނގާފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު
ކްރިމިނަލް ކޯޓް - މި ޙާދިސާ ހިނގާފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު
ގޫގުލް
ވަޅިން ޙަމަލާ ދިނުން
މީހަކު ފެންވަރަން ހުއްޓައި ގަދަކަމުން ނެރެ ވަޅިން ޙަމަލާ ދިނުމުން 7 އަހަރުގެ ޖަލު އަދަބެއް
ދައުލަތުގެ ހެކިތަކާއެކު އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވި
ދައުލަތުން އޭނާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ

މީހަކު ފެންވަރަން ހުއްޓައި ގަދަކަމުން ނެރެ ވަޅިން ޙަމަލާ ދިން މީހެއްގެ މައްޗަށް 7 އަހަރުގެ ޖަލު އަދަބެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

މި ޙާދިސާ ހިނގާފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ. އެގޮތުން މި މައްސަލައިގައި ދައުވާ އުފުލާފައިވާ މ ގޯލްޑަންލީފް އަހުމަދު ނަބީލް ވަނީ އަހުމަދު ވިޝާމް ނަމަކަށް ކިޔާ މީހަކު ފެންވަރަން ހުއްޓައި ގަދަކަމުން ނެރެ ވަޅިން ހަމަލާދީ އެމީހާ ޒަޚަމް ކޮށްލާފައެވެ.

އެހެންވެ ދައުލަތުން އޭނާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ. އެއީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

އެހެންނަމަވެސް ނަބީލް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އެގޮތުން ދައުވާގައި ބުނާ ތާރީޚާއި ވަގުތުގައި އެ ޙާދިސާ ހިނގި ތަނަށް ގޮސްފައި ނުވާނެކަމަށް އޭނާ ދަައުވާއަށް އިންކާރު ކުރަމުން ބުނެފައިވެއެވެ. އެހެންކަމުން ދައުލަތުން އޭނާއާ ދެކޮޅަށް ހެކި ހުށަހެޅިއެވެ.

Advertisement

މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތް ބުނެފައިވަނީ، އޭނާ ފެންވަރަން ހުއްޓައި ނަބީލްއާއި އިތުރު ބަޔަކު ވެގެން ފާޚާނާގެ ދޮރު ގަދަކަމުން ހުޅުވައި އޭނާ ދަމާ ނެރުމަށްފަހު، ނަބީލްގެ އަތުގައި އޮތް ވަޅިން ޙަމަލާދިން ކަމަށެވެ. އޭނާއަށް ހަމަލާދިނުމަށްފަހު އެމީހުން އެތަނުން ނުކުމެގެން ދިޔައީއެވެ.

ދެން އަނިިޔާ ލިބުނު ފަރާތް ގެއިން ނުކުމެ އެހީތެރިކަން ހޯދަމުން ދަނިކޮށް ފުލުހުންނާ ދިމާވިއެވެ. ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޮސްޕިޓަލަށްވެސް ގެންދެވުނެވެ.

ދައުލަތުގެ ހެކިތަކާއެކު އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވިއެވެ. އެގޮތުން ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް 7 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް