ކ. މާލެ
|
8 އޯގަސްޓް 2024 | ބުރާސްފަތި 10:06
އިންގްލެންޑުގެ ވަގުތީ ކޯޗަކަށް ހަމަޖެއްސި ކާސްލޭ
އިންގްލެންޑުގެ ވަގުތީ ކޯޗަކަށް ހަމަޖެއްސި ކާސްލޭ
ޓްވީޓަރ
އިންގްލެންޑު ޤައުމީ ޓީމު
އިންގްލެންޑުގެ ވަގުތީ ކޯޗަކަށް ކާސްލޭ ހަމަޖައްސައިފި
އިންގްލެންޑުގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗުކަމާ ކާސްލީ ހަވާލުވީ 2021 ވަނަ އަހަރު އެވެ.

އިންގްލެންޑު ޤައުމީ ފުޓުބޯޅަ ޓީމުގެ ވަގުތީ ކޯޗަކަށް، އެ ޤައުމުގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ލީ ކާސްލޭ ހަމަޖައްސައިފި އެވެ.

މިވަގުތު އިންގްލެންޑުގެ ކޯޗުކަމުގެ މަގާމު އޮތީ ހުސްކޮށެވެ. އެއީ އެންމެ ފަހުން އެ މަގާމުގައި ހުރި ގަރެތު ސައުތުގޭޓް ކޯޗުކަމުގެ މަގާމުން ވަކިވުމުންނެވެ. މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލް އިން އިންގްލެންޑު ބަލިވުމުން، ސައުތުގޭޓް ވަނީ ކޯޗުކަމުގެ މަގާމުން ވަކިވާން ނިންމައިފަ އެވެ.

އިންގްލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ، އުމުރުން 50 އަހަރުގެ ކާސްލީއާ ކޯޗުކަން ހަވާލު ކުރަން ނިންމައިފަ އެވެ. އަދި އެ އެސޯސިއޭޝަނުން އަންނަނީ ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެހެން ނަމަވެސް، އިންގްލެންޑުގެ ދާއިމީ ކޯޗުކަން ހަވާލު ކުރާނެ ވަކި ފަރާތެއް މިހާތަނަށް ނިންމައިފައެއް ނުވެ އެވެ.

އިންގްލެންޑުގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗުކަމާ ކާސްލީ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ އިންގްލެންޑުގެ 20 އަހަރުން ދަށުގެ ޤައުމީ ޓީމަށް ވެސް އިރުޝާދު ދީފަ އެވެ. ރަސްމީ ފުޓުބޯޅަ ކެރިއަރު 2011 ވަނަ އަހަރު ނިންމާލުމަށްފަހު، ކޯޗިންގައި މަސައްކަތް ކުރަން ކާސްލީ ފެށީ 2012 ވަނަ އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް