Advertisement
ކ. މާލެ
|
7 އޯގަސްޓް 2024 | ބުދަ 14:50
އަނަސްގެ މަރުގެ މައްސަލައިގެ އިސްތިއުނާފު
އަނަސްގެ މަރުގެ މައްސަލައިގެ އިސްތިއުނާފު
ރާއްޖެއެމްވީ
އަނަސްގެ މަރުގެ މައްސަލަ
އަނަސްގެ މަރު: އިސްތިއުނާފު ފަށައި، ވަކީލުން އައްޔަނު ކުރަން ފުރުސަތެއް ދީފި
އިސްތިއުނާފު ރައްދުވާ ބައެއް ފަރާތްތަކުން ހާޒިރުވީ ވަކީލަކާ ނުލައި
އެމީހުން ވަނީ ޤާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ވަގުތުކޮޅެއް ދިނުމަށް އެދިފައި

ރ.މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރުގެ މައްސަލައިގެ އިސްތިއުނާފު ދިވެހި ރާއްޖޭގެ ހައިކޯޓުގައި ފަށައިފިއެވެ.

6 އަހަރަށްފަހު އަނަސްގެ މަރުގެ ހުކުމް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ 25 ފެބްރުއަރީ 2024 ވީ އާދިއްތަ ދުވަހެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި އޮތީ އިސްތިއުނާފު ހުށަހެޅުމެވެ. އެހެންނަމަވެސް އިސްތިއުނާފު ރައްދުވާ ބައެއް ފަރާތްތަކުން ހާޒިރުވީ ވަކީލަކާ ނުލައެވެ. އެހެންކަމުން އެމީހުން ވަނީ ޤާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ވަގުތުކޮޅެއް ދިނުމަށް އެދިފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ވަކީލަކު އައްޔަނު ކުރުމަށް 7 ދުވަހުގެ ފުރުސަތެއް އެ ފަރާތްތަކަށް ދެއްވާފައެވެ.

Advertisement

މި މައްސަލައިގައި ގޮތެއް ނިމެންދެން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައަޅައި ދިނުމަށްވެސް ޕީޖީ އޮފީހުން އެދިފައިވެއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތެއް ދިނުމަށް ދައުލަތުންވެސް އިއުތިރާޒު ނުކުރާ ކަމަށެވެ.

އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި ފުރަތަމަ ކުރިއަށްދާނީ ބަންދާމެދު ގޮތެއް ނިންމުމުގެ ބައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ, އަލްއުސްތާޛު ޙުސައިން ޝަހީދު, އަލްއުސްތާޛު މުޙައްމަދު ފައިސަލްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް