ކ. މާލެ
|
6 އޯގަސްޓް 2024 | އަންގާރަ 16:34
މުޒާހަރާކުރާ މީހުން ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ރަސްމީ ގެކޮޅުގައި ހުރި ފަރުނީޗަރުތައް އަލިފާނަށް އުކަނީ
މުޒާހަރާކުރާ މީހުން ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ރަސްމީ ގެކޮޅުގައި ހުރި ފަރުނީޗަރުތައް އަލިފާނަށް އުކަނީ
ރޮއިޓާސް
ބަންގްލަދޭޝްގައި ކުރާ މުޒާހަރާ
ބަންގްލަދޭޝްގެ ފުލުހުން އިހްތިޖާޖު އިއުލާން ކޮށްފި
ހޯމަ ދުވަހު 450 ޕޮލިސް ސްޓޭޝަނަށް މުޒާހަރާ ކުރާ މީހުން ހަމަލާ ދީފައިވެއެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަ ނުޖެހުންތަކުގެ ސަބަބުން ފުލުހުންނާ ފުލުހުންގެ އާއިލާ ތަކަށް ނުރައްކާ ވެފައިވާ ކަމަށް ބުނެ އިހްތިޖާޖު އިއުލާން ކޮށްފިއެވެ.

ބަންގްލަދޭޝްގެ ފުލުހުންގެ ޖަމްއިއްޔާ, ބަންގްލަދޭޝް ޕޮލިސް ސާވިސް އެސޯސިއޭޝަން އިން އަންގާރަ ދުވަހު އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ "ކޮންމެ ފުލުހަކަށް ރައްކައުތެރިކަން ކަށަވަރު ކުރުމަށް" އިހްތިޖާޖު ކުރަން ނިންމައިފި ކަމަށެވެ.

މި ޖަމްއިއްޔާ އަކީ ބަންގްލަދޭޝްގެ އެތައް ހާސް ފުލުހުން ތަމްސީލް ކުރާ ޖަމްއިއްޔާ އެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަމްއިއްޔާގެ ބަޔާނުގައި ބުނެފައިވަނީ ބޮޑު ވަޒީރު ކަމުން ޝޭޚް ހަސީނާ އިސްތިއުފާ ދެއްވުމާއެކު، ހޯމަ ދުވަހު އެކަނިވެސް 450 ޕޮލިސް ސްޓޭޝަނަށް މުޒާހަރާ ކުރާ މީހުން ހަމަލާދީފައިވާ ކަމަށެވެ. އޭގެ އިތުރުން މުޒާހަރާތަކުގެ ތެރޭގައި އެތައް ފުލުހަކު މަރުވެފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އަންގާރަ ދުވަހުން ފެށިގެން މަގުތައް ބަލަހައްޓާ ޓްރެފިކް ފުލުހުން ނުނުކުންނަ ކަމަށާއި މަގުތަކުގެ ޓްރެފިކް ބަލަހައްޓަނީ މުޒާހަރާ އަށް ނުކުތް ޔުނިވަރސިޓީ ދަރިވަރުން ކަމަށް ބީބީސީ އިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް
7 އޯގަސްޓް 2024 | ބުދަ 10:38
ނަނަސް
އެތައް ޒަމާނެއް ވަންދެން މަގުތަކުން އެއްޗިހި ދުއްވާ މީހުން ބާރުގެ ބޭނުންކޮށްގެން ފެލަމުން އުޅުނު ފުލުހުންނަށް އެއްވެސް ރައްކާތެރިކަމެއް ދޭނެ ކަމެއް ނެތް! އަހަރެން ބަންގުލަދޭސް ގަ ކިޔަވަން ހުރި އިރު މަ މީ ބރު މީހެއްކަން އެނގިއްޖިއްޔާ ހުއްޓުވާފަ ބުނާނެ 'ރައްކާތެރިކަމުގެ ގޮތުން މަށަށް 400 ޓާކާ ދީފައޭ ދެވޭނީ". ނުދީފިއްޔާ ލައިސަން ދަމައިގަނެ. ވެހިކަލް ޓޯ ކުރުމުގެ ބިރު ދައްކާ ހަދާނެ. މިއަދު ކަލޭމެންނަށް އެއްވެސް ރައްކާތެރިކަމެއް ބޭނުމެއް ނުވާނެ. ތި ލިބެނީ ހައްގި އަދަބު