ކ. މާލެ
|
6 އޯގަސްޓް 2024 | އަންގާރަ 11:07
ޗެލްސީގެ ފަރިތަކުރުމެއްގައި މަރެސްކާ ބައިވެރި ވަނީ
ޗެލްސީގެ ފަރިތަކުރުމެއްގައި މަރެސްކާ ބައިވެރި ވަނީ
ރޮއިޓާސް
ޗެލްސީ
ސިސްޓަމަށް ނުފެތޭ ކުޅުންތެރިން ދޫކޮށްލާނަން: މަރެސްކާ
ޗެލްސީ ގައި އޮތް ސްކޮޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަރެސްކާ ބުނީ، ސްކޮޑާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ.

ޗެލްސީ ގައި އޭނާ ކުޅެން ބޭނުންވާ ސިސްޓަމަށް ނުފެތޭ ކުޅުންތެރިން، ދޫކޮށްލާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

ޗެލްސީގެ ކޯޗުކަމުގައި ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ، މިދިޔަ ސީޒަނަށް ފަހު އެ ކުލަބު ދޫކޮށްލަން ނިންމުމުން، ޗެލްސީން ވަނީ އެ ކުލަބުގެ ކޯޗަކަށް މަރެސްކާ ހަމަޖައްސައިފަ އެވެ. ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މަރެސްކާ ޗެލްސީއާ ހަވާލުވީއިރު، މިހާރު އެ ކުލަބުން އަންނަނީ އޭނާގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުންނެވެ.

ޗެލްސީ ގައި އޭނާ ކުރަމުން އަންނަ މަސައްކަތާއި، އަންނަ ސީޒަނަށް ޗެލްސީން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަރެސްކާ ބުނީ، ޗެލްސީގައި އޭނާ ކުޅެން ބޭނުންވާ ސިސްޓަމަށް ނުފެތޭ ކުޅުންތެރިން، ޓީމުގައި ބައި ތިއްބަން ޖެހޭ އެއްވެސް ހަމައެއް އޭނާ އަށް ނުވިސްނޭ ކަމަށެވެ.

މަރެސްކާ ބުނީ އެއީ ކޮންމެ ކޯޗަކު ވެސް ބޭނުން ވާނެ ގޮތް ކަމަށާއި، އެ އުސޫލުގައި ހިފަހައްޓަން ކޯޗުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކޯޗުން ނިންމާ ނިންމުންތައް ގުޅިފައި އޮންނަން ޖެހޭނީ ޓީމު އަދި ކުޅުންތެރިންގެ މުސްތަޤުބަލާ ކަމަށް ވެސް މަރެސްކާ ވަނީ ބުނެފަ އެވެ. މަރެސްކާ ބުނީ ޗެލްސީގައި އޭނާ ކުރަމުން އަންނަނީ ކާމިޔާބަށް ވާސިލްވުމުގެ މަސައްކަތް ކަމަށެވެ.

ޗެލްސީ ގައި އޮތް ސްކޮޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަރެސްކާ ބުނީ، ސްކޮޑާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތާ މެދު ވެސް ހިތްހަމަ ޖެހޭ ކަމުގައި މަރެސްކާ ބުންޏެވެ. އެހެން ނަމަވެސް، އިތުރަށް ޓީމު ވަރުގަދަ ކުރަން ކަމެއް ކުރަން ޖެހިއްޖެ ނަމަ، އެކަމެއް ވެސް ކުރާނެ ކަމަށް މަރެސްކާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް