ކ. މާލެ
|
5 އޯގަސްޓް 2024 | ހޯމަ 23:02
ބެންކޮކްގެ މަގުމަތު
ބެންކޮކްގެ މަގުމަތު
ގޫގުލް
ތައިލޭންޑްގައި ދިވެއްސަކު މަރުވުން
ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ތައިލެންޑްގެ ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުން
މުއާވިޔަތު ނިޔާވެފައިވާކަން ފޮރިން މިނިސްޓަރީން ވަނީ އޭނާގެ އާއިލާ އަށް އަންގާފަ

ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ބެންކޮކްގައި ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ބެންކޮކްގެ ހޮޓެލެއްގެ ތެރެއިންނެވެ.

ހޮޓަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ ތ.ތިމަރަށްޓަށް ނިސްބަތްވާ މުއާވިޔަތު މޫސާއެވެ.

މުއާވިޔަތު ނިޔާވެފައިވާކަން ފޮރިން މިނިސްޓަރީން ވަނީ އޭނާގެ އާއިލާ އަށް އަންގާފައެވެ. އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ތައިލެންޑްގެ ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް