Advertisement
ކ. މާލެ
|
5 އޯގަސްޓް 2024 | ހޯމަ 12:47
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
ހައުސިން މިނިސްޓަރު މަޖިލީހަށް ވަޑައިނުގެންނެވުން
ކުއްލިއަކަށް ދިމާވި އާއިލީ ކަމަކާ ގުޅިގެން ހައުސިން މިނިސްޓަރު ހައިދަރު މަޖިލީހަށް ވަޑައެއްނުގެންނެވި
ގާނޫނުއަސާސީގެ ދަށުން މިނިސްޓަރުން ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް ހާޒިރު ކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް
އެހެން ދުވަހަކަށް އެ ސުވާލު އެޖެންޑާ ކުރާނެ
މަޖިލީހަށް ވަޑައިގެންނެވެން ނެތް ކަމަށް ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަނީ އަންގަވާފައި
ޚަބަރުގެ އޯޑިއޯ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލުކުރަން އެޖެންޑާކޮށްފައި ވަނިކޮށް، މަޖިލީހަށް ވަޑައިނުގެން މަޑުކުރައްވައިފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހައުސިން މިނިސްޓަރު ހައިދަރާ ސުވާލުކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިނިސްޓަރަށް ވަޑައިނުގެންނެވުނުކަން އިއުލާނުކުރައްވާފައެވެ.

Advertisement

އަބްދުއްރަހީމް ވިދާޅުވީ ކުއްލިއަކަށް ދިމާވި އާއިލީ ކަމަކާ ގުޅިގެން ވަޑައިގެންނެވެން ނެތް ކަމަށް ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހައުސިންގ މިނިސްޓަރު ހައިދަރު އަންގާފައިވާ ކަމަށެވެ. އަދި އެހެން ދުވަހަކަށް އެ ސުވާލު އެޖެންޑާ ކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، މިނިސްޓަރު ހައިދަރާ، ސުވާލުކުރުމަށް. އެހެންނަމަވެސް ކުއްލިއަކަށް ދިމާވި އާއިލީ ކަމަކާ ގުޅިގެން މިއަދު ވަޑައިގެންނެތް ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ އަންގަވާފައި. އެހެންވީމަ ދެން އެންމެ އަވަހަށް އެޖެންޑާ ކުރެވެން އޮތް ދުވަހަކަށް އެސުވާލު އެޖެންޑާ ކުރާނެ ވާހަކަ ދަންނަވަން.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، މިނިސްޓަރު ހައިދަރާ ކުރުމަށް އެޖެންޑާކޮށްފައި އޮތް ސުވާލުތަކަކީ ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނީ ކޮން ދުވަހަކުންތޯ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މާލޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ ގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރެވޭނީ ކިހާ ހިސާބަކުންތޯ އަދި ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4000 ފްލެޓު ކާމިޔާބުވީ ފަރާތްތަކަށް އެ ފްލެޓުތައް ހަވާލުކުރޭވޭނީ ކޮން އިރަކުންތޯ މިއެވެ.

ގާނޫނުއަސާސީގެ ދަށުން މިނިސްޓަރުން ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް ހާޒިރު ކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެކެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކާއި، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ބިންތައް ދޫނުކުރާ މައްސަލާ ބޮޑުވެ، އާއްމު ރައްޔިތުން ދަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

Advertisement

Advertisement
- ކޮމެންޓް