Advertisement
ކ. މާލެ
|
4 އޯގަސްޓް 2024 | އާދީއްތަ 23:17
ހިޔާ ފްލެޓުތައް - ގަވައިދާ ހިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާމެދު އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނޭ
ހިޔާ ފްލެޓުތައް - ގަވައިދާ ހިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާމެދު އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނޭ
ރާއްޖެއެމްވީ
ހައުސިން ޔުނިޓްތަކުގެ މައްސަލަ
ހައުސިންގ ޔުނިޓްތަކުގެ ކުލި ދެއްކުމަށް އިލްތިމާސްއެއް، ގަވައިދާ ހިލާފުވާނަމަ ފިޔަވަޅު އަޅާނަން: މިނިސްޓްރީ
ގިނަ މީހުން ޔުނިޓްތަކުގެ ފައިސާ ދައްކަމުން ނުދޭ
ކުއްޔަށް ދިނުމާ ގުޅޭ ކަންކަން ބަލަމުންދާނަން
ގަވައިދާ ހިލާފަށް ތަނަށް ބަދަލު ގެނެސްފައިވޭ
ޚަބަރުގެ އޯޑިއޯ

މާލެ ސަރަހައްދުގައި ތަރައްގީ ކުރެވިފައިވާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށް ދޫކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުލި ދެއްކުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އާދިއްތަ ދުވަހު ހައުސިންގ މިނިސްޓްރީން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މާލެ ސަރަހައްދު އަދި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިންގ ޔުނިޓްތަކުން މަހުން މަހަށް ދައްކަންޖެހޭ ފައިސާ (އެސްޓިމޭޓް މަންތްލީ އިންސްޓޯލްމަންޓް ނުވަތަ އީ.އެމް.އައި)ގެ 20 ޕަސެންޓް މާފް ކޮށްދެއްވާފައިވާ ކަމަށެވެ.

Advertisement

އެގޮތުން 1 ޖަނަވަރީ 2024ން މަހުން މަހަށް ދައްކަންޖެހޭ ފައިސާ ގަވައިދާ އެއްގޮތަށް ދެއްކުމަށް ޔުނިޓްގެ ވެރިފަރާތްތަކަށް އަންގާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. ނަމަވެސް ގިނަ ފަރާތްތަކުން އަދިވެސް ފައިސާ ދައްކަމުން ނުދާތީ މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވައިދުން ދެއްކުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ހައުސިންގ މިނިސްޓްރީން ބުނީ ގަވައިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތަކާ، ޔުނިޓް ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ޔުނިޓްތައް ބޭނުންކުރުމާ، ގަވައިދާ ހިލާފަށް ތަނަށް ބަދަލުގެނައުމާ އަދި ކުއްޔަށް ދިނުމާ ގުޅޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާމެދު އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފްލެޓްތަކުގެ ކުލި ގަވައިދުން ނުދޭތީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ހައުސިންގ މިނިސްޓްރީން ނެރުނު ނޫސްބަޔާން - ހައުސިންގް މިނިސްޓްރީ

މާލެ ސަރަހައްދުގައި ތަރައްގީ ކުރެވިފައިވާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށް ދޫކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުލި ދެއްކުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވާއިރު، ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ގިނަ ބަޔަކު ކުލި ނުދައްކާ މައްސަލަ މީގެ ކުރިން ފެންމަތިވެގެންދިޔައެވެ. އޭރު އެމީހުން ބުނެފައިވަނީ ހިޔާ ފްލެޓުތަކުގެ ކުލި ވަރަށް ބޮޑު ކަމަށާއި، އެވަރަށް ކުލި ނުދެއްކޭނެ ކަމަށެވެ.

އޭގެފަހުން 11 މެއި 2023 ގައި ހިޔާ ފްލެޓްތަކުގެ ކުލި 5300 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. އަދި މެއިންޓެނެންސް ފީއަށް 1000 ރުފިޔާ ދައްކަންޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް