Advertisement
ކ. މާލެ
|
4 އޯގަސްޓް 2024 | އާދީއްތަ 17:10
ކާރު ޓޯ ކުރުމާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން
ކާރު ޓޯ ކުރުމާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ކާރު ޓޯ ކުރުމާ ދެކޮޅަށް ކުރި މުޒާހަރާ
ކާރު ޓޯ ކުރުމާ ދެކޮޅަށް ކުރި މުޒާހަރާ: މި ސަރުކާރުން ޓެކްސީ ޚިދުމަތް ކުރިއެރުވުމަށް އެއްވެސް ކަމެއް ކޮށްދީފައިނުވޭ، ކުރަނީ ޖެއްސުން
މި ސަރުކާރަށް 8 މަސްވެގެން ދިޔައިރު ފެނުނީ ޕާކު ކުރާނެ ޖާގަ ނުދައްކާ، ވެހިކަލްތައް ޓޯ ކުރާ މަންޒަރު
ޓެކްސީތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް ވަނީ ބަންދުކޮށްފައި
ގިނަ އަދަދެއްގެ ވެހިކަލްތައް ޓޯ ކޮށްފައިވާއިރު، ވެހިކަލްތަކަށް ގެއްލުން ލިބޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާ ޓެކްސީ ޚިދުމަތަށް ފުޅާކޮށް ކުރިއެރުވުމަށް އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށާއި، މަސައްކަތް ކުރަނީ މިސިނާއަތް ހަލާކުކޮށްލުމަށް ކަމަށް ބައެއް ޑްރައިވަރުން ބުނެފިއެވެ.

ކާރު ޓޯ ކުރުމާ ދެކޮޅަށް ޓެކްސީ ބައެއް ޑްރައިވަރުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. ހޮނިހިރު ދުވަހުގެ ރޭ ވެސް އާޓިފިޝަލް ބީޗް ސަރަހައްދުގައި ވަނީ މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ.

މި މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ޒުވާނުންނާއި، ޓެކްސީ ޑްރައިވަރުންނަށް ވަރަށް ގިނަ ގޮތްގޮތުން ލުއިތައް ލިބޭނެ ކަމަށް ވިދާޅުވެ ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެގޮތުން ޕާކު ކުރާނެ ޖާގައާއި، ލުއި ގޮތަށް ލޯނު ލިބޭނެ ކަމަށް ވިދާޅުވި ކަމަށެވެ.

Advertisement

ނަމަވެސް ވެރިކަމަށް ވަޑައިގަންނަވާ ސަރުކާރަށް 8 މަސްވެގެން ދިޔައިރު ފެނުނީ ޕާކު ކުރާނެ ޖާގަ ނުދައްކާ، ވެހިކަލްތައް ޓޯ ކުރާ މަންޒަރު ކަމަށާއި، ޓެކްސީތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް ބަންދުކޮށްފައިވާ ކަމަށް އެމީހުން ބުނެއެވެ.

މީގެ އިތުރުން މުޒާހަރާގައި ބައިވެރިވި ޑްރައިވަރުން ޓެކްސީ ވިޔަފާރިއަށް ސަރުކާރުން ވަންނަމުންދާ ކަމަށާއި، މަސައްކަތް ކުރަނީ މި ސިނާއަތް ވެސް ހަލާކުކޮށްލުމަށް ކަމަށެވެ. ގިނަ އަދަދެއްގެ ވެހިކަލްތައް ޓޯ ކޮށްފައިވާއިރު، ވެހިކަލްތަކަށް ގެއްލުން ލިބޭ ކަމަށާއި، މިއީ ރައްޔިތުންގެ މުދަލަށް ގަސްތުގައި ގެއްލުން ދިނުން ކަމަށް އެމީހުން ބުނެއެވެ.

ޓެކްސީ ޑްރައިވަރުން މާދަމާ ނުނިކުތަސް ސަރުކާރު ފެއިލްވާނެ. މާދަމާ ނުނިކުތަސް ސަރުކާރު ފެއިލްވާނެ. ދިވެހި ރައްޔިތުންނަށް ތަނަކަށް ނުދެވޭނެ. އެކަމަކު އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން ދިވެހި ރައްޔިތުންނަށް ބަލަން. ސަރުކާރާ ގުޅިގެން މިފަދަ މައްސަލަތައް ހައްލު ކުރަން ބޭނުންވޭ. އަޅުގަނޑުމެންގެ ޓެކްސީތައް ދަނީ ޓޯ ކުރަމުން. ޓެކްސީގެ އާއިލާތައް ދަނީ ބިކަވަމުން. ސަރުކާރުގެ މި ސިޔާސަތު ގަބޫލެއް ނުކުރަން. މިއީ ގަބޫލުކުރާ އުސޫލެއް ނޫން. މިއީ އަޅުގަނޑުމެންނަށް ރައްޔިތުންނަށް ވެރިކަން އަންނަންވެގެން ދެއްކި ފޮނި އުންމީދުތަކެއް ނޫން މިއީ. ޕާކިންތައް ދައްކާނަމޭ. ކާރުތައް ގަތީ އެ އުންމީދުތައް ދިނީމަ. އެކަމު ޓޯ ކުރަނީ. ޓެކްސީތައް އުޅަނދުތައް ޓޯ ނުކުރާށޭ.
ޓެކްސީ ޑްރައިވަރެއް

ޓެކްސީގެ ޚިދުމަތްތަކަށް ބުރޫއަރުވާ ގޮތަށް ސަރުކާރުން ކުރަމުންދާ އަމަލުތައް ހުއްޓާލުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. އަދި މި މައްސަލަތަކަށް ހައްލު ލިބެންދެން މުޒާހަރާ ކުރާނެ ކަމަށް މުޒާހަރާ ކުރާނެ ކަމަށް ޑްރައިވަރުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް
5 އޯގަސްޓް 2024 | ހޯމަ 09:00
ކަމަޅި
ޓޯކުރަނީ މީހުންނަށް އުދަގުވާގޮތައް ޕާކުކުރީމަ