Advertisement
ކ. މާލެ
|
4 އޯގަސްޓް 2024 | އާދީއްތަ 13:58
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރެވޭ، ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރެވޭ، ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު
ރާއްޖެއެމްވީ
ޚާންޖީ ރެސްޓޯރަންޓްގައި ހިނގި މަރު
ވެއިޓަރު މަރާލިކަމަށް ތުހުމަތުކޮށް އާބިދަށް ކުރާ ދައުވާ: ހޮނިހިރު ދުވަހު ޚުލާސާ ބަޔާން އިއްވަނީ
އެ ދުވަހު ޚުލާސާ ބަޔާން އިއްވުންވެސް ކުރިއަށް ދާނެ
ހޮނިހިރު ދުވަހު އިތުރު އަޑުއެހުމެއް ބާއްވަވާނެކަމަށް ގާޒީ ވިދާޅުވި

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރެވޭ، ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އާބިދަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

މިހާރު މި މައްސަލައިގެ ހެކިބަސް ނަގާ ނިމިފައިވާއިރު، މިއީ މަރުގެ މައްސަލައެއްގައި އެންމެ އަވަހަށް ހެކިބަސް ނަގައި ޝަރީއަތް ކުރިއަށް ގެންދެވުނު މައްސަލައެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. ނަމަވެސް އޭގެ ފަހުންވެސް އެކި ފަހަރުމަތިން ކޯޓުން މައްސަލަ ތާވަލު ކުރިއެވެ. ދައުލަތާއި ދިފާއީ ވަކީލުން އެދިގެން އެ އަޑުއެހުންތައް ވަނީ ކެންސަލްކޮށްފައެވެ.

ހޯމަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އާބިދުގެ މައްޗަށް ކޮށްފައިވާ ދައުވާއިން ތޫނު ހަތިޔާރު ޤާނޫނުގައި ބުނާ ކުށްވެސް ފުރިހަމަވާ ކަމަށެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުވާ ކޮށްފައިވާ ކުށް ފިޔަވައި އެހެން ކުށެއް ސާބިތުވާކަމަށް ދައުލަތުން ދެކޭ ނަމަ އެކަމާ ގުޅިގެން ވާހަކަ ދެއްކުމަށް ދައުވާލިބޭ ފަރާތަށް ފުރުސަތު ދޭން ޖެހޭކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަދި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ދައުލަތުން ހުށަހެޅި އެ ނުކުތާއާ ގުޅޭގޮތުން ޖަވާބުދާރީ ވުމަށް ދިފާއުން ވަނީ އިތުރު ވަގުތުކޮޅަކަށް އެދިފައެވެ.

އެހެންކަމުން ހޮނިހިރު ދުވަހު އިތުރު އަޑުއެހުމެއް ބާއްވަވާނެކަމަށް ގާޒީ ވިދާޅުވިއެވެ. އެ ދުވަހު ޚުލާސާ ބަޔާން އިއްވުންވެސް ކުރިއަށް ދާނެއެވެ.

އާބިދު ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާއާ ކައްކާއާ ދެމެދު ހިނގި ހަމަނުޖެހުމުގައި އޭނާ އަތް ހޫރާލީ އަމިއްލަ ނަފްސުގެ ދިފާއުގައެވެ. އޭރު އެއީ ވަޅިއެއްކަންވެސް ނޭނގޭކަމަަށާއި، ގަސްދު މަރުގެ ދައުވާއަށް އިންކާރުކުރާކަމަށް އޭނާ ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް