Advertisement
ކ. މާލެ
|
4 އޯގަސްޓް 2024 | އާދީއްތަ 14:01
ޓެކްސީ ޑްރައިވަރުން ކުރާ މުޒާހަރާގެ ތެރެއިން
ޓެކްސީ ޑްރައިވަރުން ކުރާ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް
މިނިސްޓަރ އަމީން އާ ބައްދަލު ނުވެ ޓެކްސީ ޑްރައިވަރުންނަށް މާޔޫސްކަން - "މިއީ ރައީސް މުއިއްޒު އުފެއްދި ހާލަތެއް"
މިއީ ޓެކްސީ ޑްރައިވަރުންނާއި ދެކޮޅަށް ސަރުކާރުން އުފެއްދި މައްސަލަތަކެއް ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރޭ

ޓްރާންސްޕޯޓް މިނިސްޓްރީގެ ދައުވަތަކަށް އެ މިނިސްޓްރީ އަށް ދިޔަ ޓެކްސީ ޑްރައިވަރުންނާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ބައްދަލުވާ ގޮތް ނުވެ ޓެކްސީ ޑްރައިވަރުންނަށް މާޔޫސްކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

Advertisement

އާދިއްތަ ދުވަހު ހެނދުނު 09:00ން ފެށިގެން ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރަށް ޓްރާންސްޕޯޓް މިނިސްޓްރީގައި ކުރިއަށް ދިޔަ ބައްދަލުވުމަކީ މިނިސްޓްރީން ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރަން އެދިފައިވާތީ ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ޓެކްސީ ޑްރައިވަރުން ވަނީ މިނިސްޓަރާއި ބައްދަލު ނުވުމަކީ ލިބުނު ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށް ބުނެފައެވެ. އެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުންގެ އެއްވެސް ޝަކުވާ އެއް އަޑު އެހުމުގެ ވިސްނުމެއް ސަރުކާރުގެ ހުރި މަންޒަރު ފެނިގެން ނުދިޔަކަމަށް ޑަރައިވަރުން ވަނީ ބުނެފައެވެ. ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކަށް ހައްލު ހޯދާ ދިނުމުގެ ބަދަލުގައި މިނިސްޓްރީގެ ވިސްނުން ހުރީ ގަދަ ބާރު ދައްކައިގެން ނަމަވެސް، މިނިސްޓްރީ އާއި ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ. ސަރުކާރުގެ ވިސްނުމަކީ ޑްރައިވަރުންގެ މަސައްކަތުގެ ތެރެއަށް އަތްބާނާ އެ ދާއިރާ ހަލާކުކޮށްލުން ކަމަށް އެ ޑްރައިވަރުން ތުހުމަތު ކުރެއެވެ. ކުރިންވެސް މިނިސްޓަރ އަމީން ޓެކްސީ ޑްރައިވަރުންނަކީ މާފިޔާ ނުވަތަ ގެންގް ބައެއްގެ ގޮތުގައި ސިފަކުރައްވާފައިވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.

އެ ބޭފުޅުން ކުރަން އުޅޭ ކަމެއްގެ ވާހަކަ ދެއްކީ ބޮޑަށް. ގަދަބަސް ބުނެފަ ކަންކަން ތަންފީޒުކުރުމުގެ ވިސްނުން ހުރީ. ޓެކްސީ ޚިދުމަތް ނުދެވޭ ކަމަށް އެ ބޭފުޅުން އެބަ ބުނޭ. ޚިދުމަތް ދިނުމަށް ހުރި ދަތިތައް ބަލާކަށް ބޭނުމެއް ނުވޭ. އެފަދަ އެއްވެސް ވިސްނުމެއް ނެތް. ޑްރައިވަރުންނާއި ބައްދަލުކޮށް ވަރަށް ފޮނި އުންމީދީ ވާހަކަތަކެއް ދައްކައިގެން ޑރ.މުއިއްޒުގެ ފަހަތަށް ޑްރައިވަރުން އެރީ. ވެރިކަމަށް އައީމަ ބާރުވެރިކަން ދައްކާ މަންޒަރު ފެންނަނީ. މި ހާލަތު ގެނައީ ސީދާ ޑރ. މުއިއްޒު. މޭޔަރ ކަމަށް ވަޑައިގެން ބޮޑެތި އަދަދު ދީފަ މާލެ މަގުމަތި ވިއްކާލީ. ވިއްކާލާފަ ވިދާޅުވީ ޖާގަ ކަށަވަރުވީއޭ. އިންސްޓޯލެމްންޓަށް ލޯނު ނަގައިގެން ޚިދުމަތް ފެއްޓީމަ މިއުޅެނީ ފުނޑާލަން. ސީދާ އެކަން މި ކުރައްވަނީ.
ޓެކްސީ ޑްރައިވަރެއް

ޓެކްސީ ޑްރައިވަރުން ވަނީ ސަރުކާރުން ޓެކްސީ ވިޔަފާރި ތެރެއަށް ވަނުމަކީ އަމިއްލަ ވިޔަފާރިއަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށް ވެސް ފާހަގަކޮށްފައެވެ. މީގެ އިތުރުން ޓެކްސީ ވިޔަފާރިވެރިންގެ އަޑު ނާހާ އެ ދާއިރާ ފުނޑާލުމަކީ ފަހުން ގެއްލުން ވާނެ ކަމެއް ކަމަށް ޑްރައިވަރުން ބުނެއެވެ. މިހާރުވެސް ބައެއް ދަތުރުތައް ޓެކްސީ ޑްރައިވަރުން ކުރަމުންދަނީ ނުއަގުގައި ގެއްލުމުގައި ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާއި މެދު ހުރި ޝަކުވާއެއް އަޑު އަހަން ސަރުކާރުން ތައްޔާރު ނޫން ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ. އަދި ކާރުތައް ރެޖިސްޓްރީ ކޮށް ނުދީ ލަސްކުރުމާއި، އެ މަރުހަލާގައި އަޑި ނޭނގޭ ކަންތައްތަކެއް ހިނގާތީ އެކަމާއި މެދު އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކާންބޯން ކުރާ މަސައްކަތް ހުއްޓާލުމަށް ފަހު މުޒާހަރާ އަށް ނުކުތުމަކީ ޓެކްސީ ޑްރައިވަރުންވެސް ބޭނުންވާ ގޮތެއް ނޫން ކަމަށާއި އެކަން އެގޮތަށް ކުރަން މަޖުބޫރު ކުރީ ސަރުކާރުން ކަމަށް ޓެކްސީ ޑްރައިވަރުން ބުނެއެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް - ރާއްޖެއެމްވީ

ޓެކްސީ ޑްރައިވަރުން ބުނާ ގޮތުން ސަރުކާރުން އެ ދާއިރާ އާއި ގުޅުން ހުރި ކަންކަން ނިންމަމުން ދަނީ ދާއިރާގައި ތިބި މީހުންނާއި މަޝްވަރާ ނުކޮށް ދިރާސާކުރުމަކާއި ނުލައެވެ. އެހެންކަމުން ޓެކްސީ ނުލިބޭ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ މާލެ ސަރަހައްދަށް އިތުރަށް ޓެކްސީ ގެނައުމަކީ މި ދަރަހައްދުގެ ޓްރެފިކަށް އިތުރު ބުރައަކަށް ވާނެ ކަމަށް ޑްރައިވަރުން ބުނެއެވެ. އެކަމުގެ ސަބަބުން އަމިއްލަ މީހުންގެ ވިޔަފާރިތަކަށް ގެއްލުން ވުމުގެ އިތުރުން ދެމެހެއްޓެނެވި ގޮތެއްގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ވެސް ދަތިވާނެ ކަަމަށް ޓެކްސީ ޑްރައިވަރުން ދަނީ ބުނަމުންނެވެ. ސަރުކާރުން ވީ ވައުދާއި ޚިލާފަށް ޕާރކް ކުރާނެ ޖާގައެއް ނުދައްކާ އާއްމުންނަށް ތަކުލީފަކަށް ވާގޮތަށް އުޅަނދުތައް ޓޯވކުރަންމުންދާތީ އެކަމާއި މެދު ވެސް އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދައުލަތުން ޚަރަދުތަކެއް ކޮށްގެން ޓެކްސީތަކެއް ގެނައުމަކީ އަމިއްލަ އެޖެންޑާ އެއް ކަމަށާއި އެއީ އޭގެ ފަހަތުގައި އަޑި ނޭނގޭ ކަންތައްތަކެއް ހުރި ކަމެއް ކަމަށް ޓެކްސީ ޑްރައިވަރުން ތުހުމަތުކުރެއެވެ. މިއީ ޓެކްސީ ޑްރައިވަރުންނާއި ދެކޮޅަށް ސަރުކާރުން އުފެއްދި މައްސަލަތަކެއް ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ބޮޑުވެ އާދިއްތަ ދުވަހު 03:00ގައި ޓެކްސީ ޑްރައިވަރުންނާއި މިނިސްޓަރ އަމީން ވަނީ ބައްދަލުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް
4 އޯގަސްޓް 2024 | އާދީއްތަ 14:46
އެނޮނިމަސް އޭންޓް
ކޮން މޮޅު ވާހަކައެއް؟ ޓެކްސީ ޑްރައިވަރުން މިހާރުވެސް ރައްޔިތުންނާމެދު ކަންކުރާ ގޮތް ހަމަ ގޯސް! މިމީހުން ހަމަމަގަށް އަޅުވަންވިތާ މާ ދުވަސްވެސް ވެއްޖެ!
4 އޯގަސްޓް 2024 | އާދީއްތަ 14:15
އަޙްމަދު ރާޝިދު
ފުރަތަމަ ކަމަކީ މިނިސްޓަރ އާއި ބައްދަލު ނުވެގެންނޭ ކިޔާފަ އެބުނާ ވާހަކަ އަކީ ސެންސް މޭކް ކުރާ ވާހަކައެއްނޫން. ސަރުކާރުގެ ކަމާއިބެހޭ ވުޒާރާއަކާއި ބައްދަލުކުރާއިރު ކޮންމެހެން ވަޒީރު އެތާގަ އިންނެވުން ނޫން މުހިއްމު ވާންވީ. ކުރަން ދިޔަ މަޝްވަރާއެއް އެވުޒާރާއަކާއެކު ކުރެވުނު މުހިންމު. އެކަން ކުރިޔަށްދިޔަ. ސަރުކާރުން މަޝްވަރާ އުސޫލުން ކަންކުރާނީ. ހުރި މައްސަލަތަކުގެ ވާހަކަ ދައްކައިގެން ހައްލު ހޯދޭނީ. އެވާހަކަތައް ދެއްކުމަކީ މައްސަލައެއް ކަމުގައި ނުދެކެން. މިސަރުކާރު އައިފަހުން ޓެކްސީ ޑްރައިވަރުންގެ އާމްދަނީ އަތުރުވާގޮތަށް ގަވާއިދުވަނީ އިސްލާހު ކުރެވިފަ. އެހެންކަމުން އަޅުގަނޑު ގަބޫލުކުރާނީ މިހާރު ތިއުޅެނީ ނުކަސިޔާރު ސިޔާސީ ހަރަކާތެއްކަމަށް. މިސަރުކާރުން އެއްވެސް ރައްޔިތަކަށް ދެރަގޮތެއް ނުހަދާނެ.