ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 22:14
މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް
މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް
އެމްޑީޕީ
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައި-އިލެކްޝަން
ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ މާލެސިޓީ ރައީސްކަން އާޒިމް ކާމިޔާބުކުރައްވައިފި
ހުކުރު ދުވަހުގެ މެންދުރުފަހު 2:30ން ރޭގަނޑު 9:00ށް ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައި
މާލެ ސަރަހައްދުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅެނީ އާޒިމް

ވަގުތީ ނަތީޖާ ދައްކާ ގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މާލެސިޓީގެ ރައީސްކަން އާދަމް އާޒިމް ކާމިޔާބުކުރައްވައިފި އެވެ.

ހުކުރު ދުވަހުގެ މެންދުރުފަހު 2:30ން ރޭގަނޑު 9:00ށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައި-އިލެކްޝަންގެ ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މާލެ ސަރަހައްދުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅެނީ އާޒިމެވެ. އާޒިމްއާ ވާދަކުރައްވަނީ ކުރީގެ މެންބަރު މުހައްމަދު ފަލާހުއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ނަތީޖާތަކުން އާޒިމް އަށް 1079ށް ވުރެ ގިނަ ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. ފަހާލަށް ލިބިވަޑައިގަތީ 470 އެއްހާ ވޯޓެވެ.

އެމްޑީޕީ ގައުމީ މަޖިލިސް އިންތިޚާބުގެ ނަތީޖާ - އެމްޑީޕީ

އެކަމަކު އަދި ރަސްމީ ނަތީޖާ އިއުލާން ކޮށްފައެއް ނުވެއެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ 21 ދާއިރާއަކަަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

މި އިންތިޚާބުގެ ވޯޓު ފޮށިތައް 24 ރަށެއްގައި ބަހައްޓާފައިވެއެވެ. އަދި މާލެ ސަރަހައްދުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގައެވެ.

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ކަމުގައި ހުންނެވީ މާލޭގެ ކުރީގެ މޭޔަރު ޝިފާ އެވެ. އެ ގޮނޑި ހުސްވީ ޝިފާ އެމްޑީޕީން ވަކިވުމުންނެވެ.

- ކޮމެންޓް