ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 14:26
ދެކުނު އެފްރިކާއިން އިޒްރޭލުގެ ދައުލަތާ ދެކޮޅަށް ހޭގްގައި ހުންނަ ބައިނަލްއަގްވާމީ ކޯޓަށް މައްސަލަ ހުށަހަޅާފައިވޭ
ދެކުނު އެފްރިކާއިން އިޒްރޭލުގެ ދައުލަތާ ދެކޮޅަށް ހޭގްގައި ހުންނަ ބައިނަލްއަގްވާމީ ކޯޓަށް މައްސަލަ ހުށަހަޅާފައިވޭ
އޭއެފްޕީ
ހަނިއްޔާ އަވަހާރަ ކޮށްލި މައްސަލަ ތަހުގީގު ކުރުން
ހަނިއްޔާ އަވަހާރަ ކޮށްލި މައްސަލަ ތަހުގީގު ކުރަން ދެކުނު އެފްރިކާގެ ސަރުކާރުން ގޮވާލައިފި
ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު ރޮނާލްޑް ލަމޯލާ ގެ ބަޔާނުގައި ހަނިއްޔާ އަވަހާރަކޮށްލަން ދިން ހަމަލާއަކީ ޣައިރުގާނޫނީ އަދި ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް އަމަލެއް ކަމަށް ވިދާޅުވެފައިވެއެވެ.
ޚަބަރުގެ އޯޑިއޯ

ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލި މައްސަލަ ތަހުގީގު ކުރަން ދެކުނު އެފްރިކާގެ ސަރުކާރުން ގޮވާލައިފިއެވެ.

ދެކުނު އެފްރިކާގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަނިއްޔާ އަވަހާރަކޮށްލުމާއި، ހުއްޓުމެއް ނެތި ގާޒާ ގެ އާއްމު ރައްޔިތުންނަށް ހަމަލާ ދެމުން ދާ ދިއުމަކީ އެގައުމުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން މުޅި ސަރަހައްދު އިތުރު ހަމަ ނުޖެހުމުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މަގު ފަހިވެގެން ދާ ކަމުގައެވެ.

ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު ރޮނާލްޑް ލަމޯލާ ގެ ބަޔާނުގައި ހަނިއްޔާ އަވަހާރަކޮށްލަން ދިން ހަމަލާއަކީ ޣައިރުގާނޫނީ އަދި ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް އަމަލެއް ކަމަށް ވިދާޅުވެފައިވެއެވެ.

މިއީ ބައިނަލް އަގްވާމީ ގާނޫނުތަކާއި ޚިލާފް އިންސާނީ ހައްގުތަކުގެ އަސާސް ތަކާ ޚިލާފް އަމަލެއް، މިފަދަ ކަންކަމުގެ ސަބަބުން މެދުއިރުމަތީގެ ސުލްހަ އަށް ޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިގެންދޭ
ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު ރޮނާލްޑް ލަމޯލާ

ލަމޯލާ ވިދާޅުވީ، ހަނިއްޔާ އަވަހާރަ ކޮށްލި އިރު، ގާޒާ ގައި ހިންގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނެސް ސުލްހަ ގާއިމް ކުރުމަށް ކުރެވެމުންދާ މަޝްވަރާތަކުގައި އިސް ދައުރެއް ހަނިއްޔާ ގެންދެވީ އަދާ ކުރައްވަމުން ކަމަށެވެ.

ހަނިއްޔާ އަވަހާރަ ކޮށްލީ އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން ހުވައި ކުރުއްވުމުގެ ރަސްމިއްޔާތައް ތެހެރާން އަށް ވަޑައިގެން ދަތުރުފުޅުގައި އޭނާ ހުންނެވި ގެސްޓް ހައުސްގައި އަންގާރަ ދުވަހުގެ ރޭ ބޮމެއް ގޮއްވާލައިގެންނެވެ.

މި ހަމަލާގެ ފަހަތުގައި ވަނީ އިޒްރޭލު ކަމަށް އީރާން އާއި ހަމާސް ގެ އިތުރުން އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް