Advertisement
ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 06:27
އީރާނުގައި އިސްމާއީލް ހަނިއްޔާގެ މައްޗަށް ކުރި ކަށު ނަމާދު: އެތައް ހާސް ބަޔަކު ހިތާމައިގައި ބައިވެރިވި
އީރާނުގައި އިސްމާއީލް ހަނިއްޔާގެ މައްޗަށް ކުރި ކަށު ނަމާދު: އެތައް ހާސް ބަޔަކު ހިތާމައިގައި ބައިވެރިވި
އަނަޑޯލޫ
ހަނިއްޔާ އަވަހާރަ ކޮށްލުން
ހަނިއްޔާގެ މައްޗަށް ޣައިބަށް ރާއްޖޭގައި ކަށު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ސަރުކާރަށް ގޮވާލައިފި
އިސްލާމީ އުންމަތައްޓަކައި މިފަދަ ބޮޑެތި ގުރުބާނީ ތައް ވެވަޑައިގެންފައިވާ އަބްތާލުންގެ އަގު ވަޒަން ކުރުމަކީ އުންމަތުގެ ކޮންމެ ފަރުދެއްވެސް ކުރަން ޖެހޭ ކަމެއް ކަމުގައި އަދާލަތުން ބުނެފައިވޭ

ސަހުޔޫނީންގެ އަނިޔާވެރި ހަމަލާއަކުން ޝަހީދު ކޮށްލާފައިވާ ހަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އަދި ފަލަސްތީނުގެ ކުރީގެ ބޮޑު ވަޒީރު އިސްމާއީލް ހަނިއްޔާ ގެ މައްޗަށް ހުކުރު ނަމާދަށް ފަހު ރާއްޖޭގައި ހުކުރު ކުރާ އެންމެހާ މިސްކިތްތަކެއްގައި ޣައިބަށް ކަށު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަ ޖައްސައި ދިނުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޟް އަބްދުއްލަތީފް ސޮއިކުރައްވާ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މި ކަމަށް އެދި ފޮނުވާފައިވާ ސިޓީ ގައި ޝަހީދު އިސްމާއީލް ހަނިއްޔާ އަކީ މަސްޖިދުލް އަގްސާ މިނިވަން ކުރުމަށް ކުރެވޭ މަތިވެރި ޖިހާދުގައި ގިނަ ގުރުބާނީ ތަކެއް ވެވަޑައިގެންފައިވާ ބަތަލެއް ކަން ފާހަގަ ކޮށްފައިވެއެވެ.

"އިސްލާމީ އުންމަތައްޓަކައި މިފަދަ ބޮޑެތި ގުރުބާނީ ތައް ވެވަޑައިގެންފައިވާ އަބްތާލުންގެ އަގު ވަޒަން ކުރުމަކީ އުންމަތުގެ ކޮންމެ ފަރުދެއްވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ދެކެމެވެ،" އަދާލަތުގެ ސިޓީގައި ވެއެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުން އިސްލާމިކް މިނިސްޓްރީ އަށް 31 ޖުލައި 2024 ގައި ފޮނުވި ސިޓީގައި ޝަހީދު އަލްގާއިދު އިސްމާއީލް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކޮށް ދިނުމަކީ އެމަނިކުފާނާއި ފަލަސްތީނުގެ ރައްޔިތުންނާއި އަދި އިސްލާމީ އުއްމަތުގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމުގައި ބުނެފައިވެއެވެ.

Advertisement

ހަނިއްޔާ އަވަހާރަ ކޮށްލީ އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން ހުވައި ކުރުއްވުމުގެ ރަސްމިއްޔާތައް ތެހެރާން އަށް ވަޑައިގެން ދަތުރުފުޅުގައި އޭނާ ހުންނެވި ގެސްޓް ހައުސްގައި އަންގާރަ ދުވަހުގެ ރޭ ބޮމެއް ގޮއްވާލައިގެންނެވެ.

ޝަހީދު ހަނިއްޔާގެ މައްޗަށް ބުރާސްފަތި ދުވަހު އީރާނުގައި ކުރެވުނު ކަށު ނަމާދު އިމާމުވެ ކުރެއްވީ އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އެވެ. ކަށު ނަމާދުގައި އެތައް ހާސް އީރާނުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ހަނިއްޔާގެ ހަށިކޮޅު ބުރާސްފަތި ދުވަހުގެ ހަވީރު ވަނީ ގަތަރަށް ގެންދެވިފައެވެ. އޭނާ ފަސްދާނުލުމަށް ހަމަ ޖެހިފައިވަނީ ހުކުރު ދުވަހު ގަތަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް