ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 08:34
ފީފާގެ ރައީސް އިންފަންޓީނޯ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފީފާގެ ރައީސް އިންފަންޓީނޯ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރޮއިޓާރސް
ފީފާ
ފީފާއާ ދެކޮޅަށް މައްސަލަ ޖެއްސުމުން ފިފްޕްރޯއާއެކު ސުލްހަވާން އެއްބަސްވެއްޖެ
ދަ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޕްރޮފެޝަނަލް ފުޓްބޯލާސް (ފިފްޕްރޯ) އާއި ޔޫރަޕުގެ ބައެއް ލީގުތަކުން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއާ ދެކޮޅަށް ޔޫރަޕިއަން ކޮމިޝަނުގައި މައްސަލަ ޖައްސެމުން މި ގްރޫޕްތަކާއެކު މަޝްވަރާކޮށް ހައްލު ހޯދުމަށް ފީފާއިން އެއްބަސްވެއްޖެ އެވެ.

1000 ކުލަބު ތަމްސީލުކުރާ 33 ގައުމެއް ވެސް ހިމެނޭގޮތަށް ހުށަހަޅާފައިވާ މައިގަނޑު މައްސަލައަކީ ފީފާއިން އިންތިޒާމްކުރާ މެޗުތަކާއި މުބާރާތްތަކުން އިންޓަނޭޝަނަލް ފުޓްބޯޅަ މެޗު ކަލަންޑަރު ތޮއްޖައްސާފައިވުމެވެ. ފިފްޕްރޯއިން ބުނީ ފީފާއިން މިކަން ކޮށްފައިވަނީ ކުޅުންތެރިންގެ ސިއްހަތާއި ސަލާމަތަށް ބެލުމެއްނެތި ހަމައެކަނި މާކެޓިން ވިސްނުމަކުން ކަމަށެވެ.

އަދި ކަލަންޑަރު އެކުލަވާލާއިރު ފީފާއިން ގައުމުތަކުގެ ފުޓްބޯޅަ ފެޑަރޭޝަންތަކާއި ފިފްޕްރޯ އަށް ހިޔާލުފާޅު ކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ފީފާއިން އަމާންދިނީ އެންމެ ފުރަތަމަ ވަރުގަދަ ރައްދެއް ދިނުމަށްފަހު އެވެ. އެ ޖަމާއަތުން ބުނީ ދުނިޔޭގެ ފުޓްބޯޅަ ކަލަންޑަރަކީ ފީފާގެ ކައުންސިލުން ފާސްކޮށްފައިވާ އެއްޗެއް ކަމަށާއި އެ ކައުންސިލުން ނޫނީ ކަލަންޑަރަށް ބަދަލު ނުގެނެވޭނެ ކަމަށެވެ. އަދި ކަލަންޑަރު ފާސްކުރީ އެންމެންގެ ހިޔާލާއި ބައިވެރިވުން އޮވެގެން ކަމަށާއި އޭގެ ތެރޭގައި ފިފްޕްރޯ ވެސް ހިމެނޭ ކަމަށެވެ.

ނަމަވެސް ގައުމީ ޓީމުތަކާއި ފީފާއިން އިންތިޒާމްކުރާ ކުލަބު މެޗުތަކުގެ އަދަދު ގިނަވުމުން ޔޫރަޕުގެ މަޝްހޫރު ކޯޗުން ވެސް ވަނީ ފާޑުކިއުން އަމާޒުކޮށްފަ އެވެ. މި ގޮތުން އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވެފައިވަނީ 32 ޓީމު ބައިވެރިކޮށްގެން ބާއްވަން އުޅޭ ކުލަބު ވޯލްޑް ކަޕުގެ މައްސަލާގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް