ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 11:57
ވެނެޒުއޭލާގައި މުޒާހަރާތައް ދަނީ ހުއްޓުމެއް ނެތި ކުރަމުން
ވެނެޒުއޭލާގައި މުޒާހަރާތައް ދަނީ ހުއްޓުމެއް ނެތި ކުރަމުން
އޭއެފްޕީ
ވެނެޒުއޭލާ
ވެނެޒުއޭލާ އަށް އަސްކަރީ ފިޔަވަޅު އެޅުމާ ބެހޭގޮތުން ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅު ކުށްވެރިކުރަން: މާކޮސާ
"މާކޮސާ" އަކީ ދެކުނު އެމެރިކާ ސަރަހައްދުގައި ވިޔަފާރި އާއި އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރާ ޖަމާއަތެއް

ވެނެޒުއޭލާގައި ހިނގާ ޑިމޮކްރަސީއާ ހިލާފު ކަންކަމާ ގުޅިގެން އެކަމުގެ ޖަވާބުގައި އެމެރިކާ އިން އަދި ވަކި ފިޔަވަޅެއް އަޅަން ސީދާ ނުނިންމާ ކަމަށާއި އަސްކަރީ ފިޔަވަޅު ހިމެނޭ ގޮތުން ހުރިހާ ފިޔަވަޅުތަކާ ދޭތެރޭ ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާލުވި ވިދާޅުވުން، ދެކުނު އެމެރިކާ ސަރަހައްދުގައި ވިޔަފާރި އާއި އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ "މާކޮސާ" އިން ކުށްވެރިކޮށްފިއެވެ.

"މާކޮސާ" ގެ  ފަރާތުން އާޖެންޓީނާ އިން ނެރުނު ބަޔާނެއްގައި ބުނީ ވެނެޒުއޭލާގައި ޑިމޮކްރަސީ އަށަގަންނަވަން ބޭނުން ނަމަ އެކަން ކުރަން އޮތް ގޮތަކީ މަޝްވަރާ އާއި ޑިޕްލޮމެސީގެ ތެރެއިން ކަމަށެވެ. 

ރައީސް ޓްރަމްޕްގެ  ވާހަކަފުޅާއި ބެހޭގޮތުންް ވެނެޒުއޭލާގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް އިހުތިރާމު ކުޑަ އަދި ލެޓިން އެމެރިކާ ހަލަބޮލި ކަމަށް ވައްޓާލާ ވާހަކައެއް ކަމަށެވެ. 

"މާކޮސާ" ގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ދެކުނު އެމެރިކާގެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ އާޖެންޓީނާ، ޕެރަގުއޭ އަދި އުރަގުއޭ ފަދަ ގައުމުތައް ހިމެނެއެވެ. 

ވެނެޒުއޭލާގައި ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ރައީސް ނިކޮލަސް މަޑޫރޯ ކުރައްްވާ މަސައްކަތްޕުޅުގެ ސަބަބުން ގައުމު ވަނީ ހަލަބޮލިވެފައެވެ. ވެނެޒުއޭލާގެ އަަމަލުތަކާ ގުޅިގެން ދާދިފަހުން "މަކޮސާ" އިން ވަނީ ވެެނެޒުއޭލާގެ މެމްބަރޝިފް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. 

ބައިނަލްއަގްވާމީ މުޖުތަމައު އާއި އަދި ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް މަޑޫރޯ ގާނޫނު އަސާސީ އިސްލާހު ކުރެއްވުމުގެ މަސައްކަތްޕުޅު ކުރައްވަނީ ބާރުތައް މުށުތެރެއަށް ލެއްވުމަށް ކަމަށެވެ. އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ އެކަމަކީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އިންތިޚާބުގެ ކުރިންނާއި އަދި އިންތިޚާބަށް ފަހުންވެސް ވެނެޒުއޭލާގައި ބޭއްވުނު އިންތިޚާބަށް ދަނީ އިންތިހާ އަށް ފާޑުކިޔުން އަމާޒުވަމުންނެވެ. ގާނޫނު އަސާސީ އެކުލަވާލާ މަޖިލީހުގެ އިންތިޚާބާ ބޭހޭ ގޮތުން އާރޖެންޓީނާ، ކެނެޑާ، ކޮލަމްބިއާ، މެކްސިކޯ އަދި އެމެރިކާ އިން ބުނެފައި ވަނީ އެ އިންތިޚާބު ބަލައިނުގަންނަ ކަމަށެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް