Advertisement
ކ. މާލެ
|
31 ޖުލައި 2024 | ބުދަ 19:14
20 ވަނަ މަޖިލީހުގެ މެންބަރުން
20 ވަނަ މަޖިލީހުގެ މެންބަރުން
ރައީސް މުއިއްޒު ނުފޫޒު ފޯރުވުން
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ''ރަބަރު ސްޓޭންޕް'' ޖަހައިގެން މަސައްކަތް ކުރާތަނަކަށް މަޖިލިސް ދަނީ ބަދަލުވަމުން: އެމްޑީޕީ ޕީޖީ
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ހަބީބު އައްޔަނު ކުރެއްވުމަށް މަޖިލީހުން ވަނީ ރުހުން ދީފައި
އެންމެ ބޭފުޅެއް ފިޔަވައި އެހެން އެއްވެސް ބޭފުޅަކަށް އިންޓަވިއުއާ ހިސާބަށް ވެސް ނުދެވުނު
އެޗްއާރުސީއެމްގެ މެންބަރަކަށް ގާބިލު ގިނަ ބޭފުޅުން ކުރިމަތިލާފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ރަބަރު ސްޓޭންޕް ޖަހައިގެން މަސައްކަތް ކުރާތަނަކަށް ރައްޔިތުންގެ މަޖިލިސް ބަދަލުވަމުންދާ މަންޒަރު ފެންނަ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕީޖީ ގުރޫޕުން ބުނެފިއެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވިދާޅުވީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެންބަރަކަށް ބޭފުޅަކު އައްޔަން ކުރެވިގެން ދިޔައިރު، އެ މަގާމަށް ވަރަށް ގިނަ ގާބިލް ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement

ނަމަވެސް އެންމެ ބޭފުޅެއްގެ ނަން ކޮމެޓީއަށް ފޮނުވައި، މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށާއި، އެހެން ބޭފުޅުންނަށް އިންޓަވިއުއާ ހަމައަށް ވެސް ދިއުމުގެ ފުރުސަތު ވެސް ލިބިފައިނުވާ ކަމަށް މެމްބަރު މައުރޫފު ވިދާޅުވިއެވެ.

އެޗްއާރްސީއެމްގެ މެމްބަރުމަކަށް ބޭފުޅަކު އައްޔަން ކުރެވިގެން މިދިޔައީ. އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވަރަށް ގާބިލް އެތައް ފަރާތެއް މި މަގާމަށް ކުރިމަތިލާފައިވީ ނަމަވެސް އެންމެ ފަރާތެއްގެ ނަން ކޮމެޓީއަށް ފޮނުވައި ހަމައެކަނި އިތުރު ފުރުސަތެއް ނެތް ގޮތަށް ހަމައެކަނި އެފަރާތް ނޫން އެފަރާތެއް ކަނޑައެޅުމުގެ ފުރުސަތު ނުވަތަ އިންޓަވިއު ކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް އެންމެފަރާތެއް ސީދާ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ބޭފުޅާކު ރައްޔިތުންގެ މަޖިލީހުން ކަނޑައެޅޭގޮތަށް ރަބަރު ސްޓޭމްޕް ޖަހައިގެން ރައްޔިތުންގެ މަޖިލީހުގެ ކަންކަން ކުރިއަށް ގެންދެވޭ ގޮތަށް އަމަލުތައް ބައްޓަންވަމުންދާތަން މިފެންނެނީ. ރައީސް މުއިއްޒުގެ ބާރު ރައްޔިތުން މަޖިލީހުގެ ހިންގުމުގެ ތެރެއަށް ފޯރުވާ، މަޖިލީހަކީ ރައީސް ބޭނުންވާ ގޮތަކަށް ކަންކަން ކުރެވޭ ތަނަކަށް މަޖިލިސް ބަދަލުވާތަން މިފެންނަނީ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ގިނަ ބޭފުޅުންތަކެއް ކުރިމަތިލައި، ފުރުސަތު ދީފައިނުވާ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ބުނެފައިވާއިރު، އެޗްއާރުސީއެމްގެ މެމްބަރުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީގެ) ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އައްޔަނު ކުރެއްވުމަށް ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް